ޚަބަރު

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބާއްވާގޮތަށް ހަމަޖައްސައިފި


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަހަރު ނުބާއްވާގޮތަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.

އެ މަރުކަޒުން މިގޮތަށް ނިންމާފައިވަނީ މިހާރު ދުނިޔޭގައި ފެތުރެމުންއަންނަ ކޯވިޑް-19 މާލޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުންނެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތީ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ޤުރުއާނާ މެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެއްފަހަރު ބާއްވަމުން ައި މުބާރާތެކެވެ. މިގޮތުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ގިނަ އަދެއްގެ ދަރިވަރުންނާއި ބޮޑެތި މީހުންވެސް ބައިވެރިވެއެވެ.

މީގެ ތެރޭގައި އެކި ސްކޫލްތަކުންނާއި އަމިއްލަ ގޮތުން ބައިވެރިވާ މީހުންނާއި ޖަމިއްޔާ ޖަމާތުން ބައިވެރިވާ މީހުންވެސް ގިނަކަން ފާހަގަ ކުރެވެއެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު ބޭއްވީ 33 ވަނަ މުބާރަތާކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ބައިވެރިވީވެސް މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރު މި މުބާރާތުގައި 1273 މީހުން ބައިވެރިވިއެވެ.