ޚަބަރު

ޓީވީ ޕްރޮގްރާމެއްގައި، ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލަ ބަލަންފަށައިފި


ރާއްޖޭގެ ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީީ ރާޢްޖޭގެ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލާ އެކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދައްކާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ.