ޚަބަރު

ހޯނޑެއްދޫއިން 19 މީހަކު ޕޮޒިޓިވްވެއްޖެ


ގދ.ހޯނޑެއްދުއިން ކޯވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 19އަށް އަރައިފިއެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިން ނުވަތަ އެމީހުންނާ ސީދާ ދިމާވެފައިޥާ މިހުން ދެނެގަނެ 36 ސާމްޕަލެއް ނަގާފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އޭގެތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އޭގެތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި 8 އަންހެނެކެވެ. އެއީ އެއްހަރުން ދަށުގެ ދެ ކުޑަކުދިންނާއި، އެއްހަރާއި 18 އަހަރާއި ދެމެދުގެ 8 ކުދިންނާއި، އަށާރަ އަހާރާއި 50 އަހަރާއި ދެމެދުގެ 7 މީހުންނާއި، 50 އަހަރުން މަތީގެ ދެ މީހެކެވެ.

މިއީ މާލެފިޔަވާ ރާއްޖޭގެ ރަށަކުން މިހާ ގިނަބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވި ފަހަރެވެ. އެޗްޕީއޭއިން ވަނީ ހޯނޑެއްދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. މިކަމާއި ގުޅޭގޮތުން މިރޭ ބާއްވާ ޕްރެސްކޮންފަރެންސްގައި އިތުރު މަޢުލޫމާތު ހާމަކުރައްވާނެކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ އަށްހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި 2600 އަށްވުރެ ގިނަ މީހުންނަށް މިވަގުތުވެސް އަންނަނީ ފަރުވާދެމުންނެވެ.