ކުޅިވަރު

މަސައްކަތް ކުރާނީ މެޗުން މޮޅުވާން: ސައުތު ގޭޓް


ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ޑެންމާކާ ދެކޮޅަށް ނުކުންނައިރު މަސައްކަތް ކުރާނީ އެޓީމު އަތުން މޮޅެއް ހޯދަންކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ގެރެތް ސައުތު ގޭޓް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ސައުތު ގޭޓް ބުނީ ތަމްރީންތަކުގައި އިތުރު މަސައްތަކެއް ކުރެވިއްޖެކަމަށާއީ މިމެޗުގައި އޭގެ ބޭނުން ހިފޭތޯ މަސައްކަތް ކުރާނެކަމަށެވެ. އިނގިރޭސިންގެ ކޯޗު ބުނީ ޓީމުން ކަން ކަން ދަސްކުރަމުންދަނީ ދިގު މުއްދަތުގައި ޓީމަށް ފައިދާ ވާގޮތަށް ކަމަށެވެ. އޭނާ ބުނީ އެންމެފަހުން ޑެންމާކް އަތުން ބެލްޖިއަމަށް ހޯދުނީ ނަސީބު މޮޅެއްކަމަށެވެ.

ސައުތު ގޭޓް ބުނީ ޑެންމާކަކީ މޮޅު ޓީމެއްކަމަށާއި މިމެޗަކީ ތަފާތު މެޗަކަށް ވާނެކަމަށެވެ. ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާއެކު އިންގްލެންޑް އޮތީ ފުރިހަމަޔަށް ތައްޔާރަށް ކަމަށް ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޑެންމާކުގެ ކޯޗު ކެސްޕަރ ހުލްމަންޑް ބުނީ މިއީ އިންގްލެންޑާ ވާދަކުރަން އެންމެ ރަނގަޅު ވަގުތުކަމަށާއި މެޗު ކޮންޓްރޯލް ކުރަން އިންގްލެންޑުން މަސައްކަތް ކުރާނެކަމަށެވެ. މިއީ ބަލާހިތްވާ ކަހަލަ ކުޅެމެއް ފެނިގެންދާނެ މެޗަކަށް ވާނެކަމަށް ޑެންމާކުގެ ކޯޗު ބުންޏެވެ.

އެންމެ ފަހުން މި ދެޓީމު ވެމްބްލީ ސްޓޭޑިއަމްގައި 2014 ވަނަ އަހަރު ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އިންގްލެންޑްއެވެ.