ދުނިޔޭގެ ވިޔަފާރި

އަބޫދާބީގެ ޑިއުޓީ ފްރީ ފިހާރަތަކުން ގޭގެއަށް ޑެލިވަރިކުރަން ފަށަނީ


އަބޫދާބީ އެއަރޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކުން ގޭގެއަށް ޑެލިވަރިކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން އަބޫދާބީ އެއަރޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކުން ގޭގެއަށް ޑެލިވަރީކުރުމުގެ ޚިދުމަތް ފަށާފައިވަނީ ކޯވިޑްއާ ގުޅިގެން ގޭގައި ބަންދުވެފައި ތިބި ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އަބޫދާބީ އެއަރޕޯޓްސްގެ ސީއީއޯ ޝަރީފް އަލް ޙާޝިމީ ވިދާޅުވީ، ގޭގައި ތިބެގެންވެސް މިހާރު އިންޓަނޭޝަނަލް ބްރޭންޑްތަކުގެ އުފެއްދުންތަކަށް އޯޑަރުކުރެވޭނެކަމަށެވެ. އަދި އެކަމަށްޓަކައި އޮންލައިންކޮށް އޯޑަރުކުރުންވެސް ވަރަށް ފަސޭޙަވާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އަބޫދާބީ އެއަރޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކުން ގޭގެއަށް ޑެލިވަރިކުރުމުގެ ޚިދުމަތް ފަށާފައިވާއިރު، އެކަމަށްޓަކައި ވަނީ ޚާއްސަ ވެބްސައިޓެއް ހަދާފައެވެ. ވެބްސައިޓް މެދުވެރިކޮށް އެކިއެކި އުފެއްދުންތަކަށް އޯޑަރު ދެވޭއިރު، ޔޫއޭއީގެ ކޮންމެ ހިސާބަކަށްވެސް ގަންނަ ތަކެތި ފޯރުކޮށްދޭނެކަމަށް އަބޫދާބީ އެއަރޕޯޓްސްއިން ބުނެއެވެ.