ވިޔަފާރި

ދިރާގު ޓީވީ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރުކޮށްފި


ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން އޮގަސްޓްމަހު ފެށި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، 2 މަހުގެ މަހުފީ އަދި ޖޯއިބޮކްސްވެސް މުޅިން ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 73 އިންސައްތަ ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިކަމަށް ދިރާގުން ބުނެއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްކަމަށް ދިރާގުން ބުނެއެވެ.