ކުޅިވަރު

މޯލްޑިވްސް އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން މާލެ އައިސްފި


މިދިޔަ އަހަރު މޯލްޑިވްސް އޯޕަން ރާޅާ އެޅުމުގެ
މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަން ގަރުތް ވިދިއަރްތާ ރާއްޖެ އަތުވެއްޖެއެވެ.



އިންޑޮނޭޝިޔާގެ
ވިދިއަރްތަ ރާއްޖެ އައިސްފައި މި ވަނީ މިމަހުގެ ތޭރައިން ސޯޅަވަނަ ދުވަހުގެ
ނިޔަލަށް އަދާރަން ހުދުރަންފުށީ ޅޮހީ ސާފް ބްރޭކުގައި ބޭއްވުމަށް ހަމަޖެހިފައިވާ
ދެވަނަ މޯލްޑިވްސް އޯޕަން ރާޅާ އެޅުމުގެ މުބާރާތަށެވެ.  މޯލްޑިވްސް އޯޕަންގައި ވާދަކުރާ އިތުރު ރާޅާ
އެޅުންތެރިންވެސް ވަނީ ރޭ މާލެ އައިސްފައެވެ. މީގެ އިތުރުން ރޭ ވަނީ މުބާރާތުގައި
ޖަޖުކަން ކުރާ ތިން ޖަޖުންނާ، އޭޝިއަން ސާރފިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޖެނެރަލް މެނޭޖާރ ޓިމް ހެއިންވެސް މާލެ އައިސްފައެވެ. މި މުބާރާތުގައި
ވާދަކުރުމަށްޓަކައި މިދިޔަ ހަފްތާގައި ވަނީ މިދިޔަ އަހަރު މި މުބާރާތުގެ އަންހެން
ޗެމްޕިއަން ޖަޕާންގެ ރިނާ ކިޓަޒާވާވެސް އައިސްފައެވެ. މި މުބާރާތުގެ މެއިން
ސްޕޮންސަރަކީ ސަނީ ސައިޑް އޮފް ލައިފްއެވެ.