ކުޅިވަރު

ކުލަބުގެ އަމާޒު ކުޅުންތެރިންނަށް އެނގުން މުހިންމު: އާޓެޓާ


ކުލަބުގެ އަމާޒަކީ ކޮބައިކަން ކުޅުންތެރިން އެނގި އެކަން ގަބޫލުކުރުމަކީ މުހިންމު ކަމެއް ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ ބުނީ ފުޓްބޯޅަ ކުލަބެއްގެ އެންމެ މުހިންމުކަމަކީ އެކުލަބަކަށް ހާސިލްކުރެވޭ ވަރަކުން ހިތްވަރު ހޯދައި މަސައްކަތް ކުރުންކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ އެކުލަބުގެ ގިނަ ކުޅުންތެރިތަކެއް ދާދިފަހުން ކުލަބާއެކު ހަދާފައިވާ އެއްބަސްވުންތައް އައު ކުރުމާ ގުޅިގެންނެވެ. އޭގެތެރޭގައި ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން ދިޔަ ކެޕްޓަން އެމްރިކް އައުބަމަޔަން ހިމެނެއެވެ.

މިރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓްހޭމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އާޓެޓާ ބުނީ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ކުލަބަށް އެންމެ ފައިދާ ބޮޑުގޮތް ބަލައި، ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށެވެ. ކަންކަން ހާސިލުކުރަން ބޭނުންވާކަމަށްވާނަމަ އެކަމަށް ވަގުތު ބޭނުންވާކަމަށް ސީޒަނުގެ ފުރަތަމަ މެޗު ކާމިޔާބު ކުރި ކޯޗު ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިގައ ވާނެގޮތެއް އެއްވެސް މީހަކަށް ބުނަން ނޭނގޭނެކަމަށާއި އެއްގަޑިއިރު ވެސް ދުވަސްތަކަކަށް ބަދަލުވާ ފަހަރު ވެސް އަންނަ ކަމަށެވެ. ފުޓްބޯޅައިގަ ބައެއް ފަހަރު ބަދު ނަސީބާ ކުރިމަތިލާން ޖެހޭނެކަން ގަބޫލްކުރަން ޖެހޭނެކަމަވެސް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުންޏެވެ.