ކުޅިވަރު

ބާސާއިން ހުށެހެޅުމެއް ނުލިބޭ: ޕޮޗެޓީނޯ


ބާސެލޯނާގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން އިސްތިއުފާ ދިނުމުން އެ ޓީމުގެ ކޯޗަކަށް އައުމަށް ހުށެހެޅުމެއް ނުލިބޭކަމަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި.

ޕީއެސްޖީ، އިންޓަރ މިލާނާ ޔުވެންޓަސް ކޯޗުކަމަށް އަންނާނެކަމަށް އެންމެ ބޮޑަށް ބެލެވުނު ޕޮޗެޓީނޯ ބުނީ އެތިން ކުލަބާވެސް އޭނާ ވާހަކަ ނުދައްކާ ކަމަށެވެ. ޓޮޓްނަމްގެ ކޯޗު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށްފަހު ލަންޑަންގައި ދިރިއުޅެމުންދާ ޕޮޗެޓީނޯ ބުނީ އެއްވެސް ވަރަކަށް އޭނާގެ ވަޒީފާ މިސްނުވާ ކަމަށެވެ.

ޕޮޗެޓީނޯ ބުނީ އޭނާ ލަންޑަނުގައި ދިރިއުޅެނީ އޭނާގެ ދަރިފުޅު ޓޮޓްނަމްގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅޭތީކަމަށެވެ. ރެއާލް މެޑްރިޑުގެ ކޯޗަކަށް ވުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ކުރިން ސައުތެމްޓަނަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.