ކުޅިވަރު

ސްޓޯކް ބަލިކޮށް އާސެނަލް ތިންވަނައިގައި




ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދާ ޕްރިމިއަރ ލީގު
ތާވަލްގެ ތިންވަނާގައި ދަމަހައްޓަމުން އައި ލީޑް އާރސެނަލްއިން ދިފާޢުކޮށްފި.



އާރސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗް އެ ޓީމު
ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. މެޗްގައި އާރސެނަލްގެ ލަނޑުތައް
ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓާ އޮލިވަރ ޖިރޫ އެވެ.

މި މެޗުން މޮޅުވެ އާރސެނަލް
ތާވަލްގެ ތިންވަނާގައި އޮތީ ދިހަ ޕޮއިންޓާއެކުގައެވެ. މި އަދަދަށް ޕޮއިންޓް ލިބިގެން
ފައިދާ ގޯލްގެ ތަފާތުން ދެވަނާގައި އޮތީ ރޭ ލިވަރޕޫލްގެ މައްޗަށް ދެ ލަނޑު އެއް
ލަނޑުން ކުރި ހޯދި މެންޗަސްޓަރ ޔުނައިޓެޑެވެ. ތާވަލްގެ އެއްވަނާގައި ފަނަރަ
ޕޮއިންޓާއެކު އޮތީ މެންޗަސްޓަރ ސިޓީއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވަނީ ރޭ
އެވަޓަން އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވެފައެވެ. މި މެޗުން ބަލިވުމާ ގުޅިގެން
ޗެލްސީ އޮތީ ތާވަލްގެ ސޯޅަވަނާގައި ހަތަރު ޕޮއިންޓާއެކުގައެވެ.