ކުރިއަށް އޮތްތަނުގައި އިތުރު އިންޓަރނޭޝަނަލް
ސާރފިންގ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އެމް.އެމް.ޕީ.އާރް
ސީން ބުނެފިއެވެ.
އަދާރަން
ހުދުރަންފުށި ރިސޯޓްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން ސާރފިންގ މުބާރާތް
ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
އެމް.އެމް.ޕީ.އާރު.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ޒިޔަތު ވިދާޅުވީ މިހާރު
ކުރިއަށްދާ މި މުބާރާތް ކުރިއަށް އޮތް ތަނުގައި މިއަށްވުރެވެސް ފުޅާކުރުމުގެ
މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ސާރފިންގ ރަނގަޅު ޕޮއިންޓެއް ހެދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުންދާކަމަށެވެ. ކުރިއަށް އޮތް ތަނުގައި
ބައިނަލްއަޤްވާމީ ރަނގަޅު މުބާރާތެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ. އަދާރަން ހުދުރަން ފުށީގައި މިއަދު ފެށި ދެވަނަ މޯލްޑިވްސް
އޯޕަން ސާރފިންގ މުބާރާތުގައި ޖުމްލަ ހަތްދިހައަށްވުރެ ގިނަ ސާފަރުން ވަނީ
ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ސާޅީސް ހަތަރު ބައިވެރިންނާއި،
ރާއްޖޭގެ ތޭވީހަށްވުރެ ގިނަ ސާރފަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތް
ކުރިއަށްދާނީ މިއަދުން ފެށިގެން މިއަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ
މެއިން ސްޕޮންސަރަކީ ސަނީ ސައިޑް އޮފް ލައިފެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާއެވެ.