ކުޅިވަރު

މިދިޔަ ސީޒަނަކީ އަހަރެންގެ އެންމެ މޮޅު ސީޒަން: އިމޮބިލޭ


މިދިޔަ ސީޒަނަކީ އެނާ އެންމެ މޮޅަށް ކުޅުނު ސީޒަންކަމަށް އިޓަލީގެ ލާޒިއޯގެ ފޯވާޑް ޗިރޯ އިމޮބިލޭ ބުނެފިއެވެ.

މިދިޔަ ސީޒަންގައި ޖެހި 36 ލަނޑާއެކު ޔޫރަޕުގެ ރަންބޫޓާއި އިޓާލިއަން ލީގުގެވެސް ރަންބޫޓް ޗިރޯ އިމޮބިލޭ ޙާސިލްކޮށްފައިވޭ. އިމޮބިލޭ ބުނީ ޔޫރަޕުގެ ރަން ބޫޓް ހާސިލުކުރުމަކީ އަބަދުވެސް އޭނާގެ ހުވަފެނެއްކަމަށެވެ. އަދި އެމަގާމަށް ކުރިން ކައިރި ކުރެވުނު ނަމަވެސް އެކަން ނުކުރެވި ކުރިން އޮތީ ފާއިތުވެގެން ދިޔަ ސީޒަންތަކުގައި އޭނާއަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ކަމަށެވެ.

އޭނާ ބުނީ ކޯވިޑު 19ގެ ސަބަބުން އޭނާ އަށް ހުއްޓުން ގެނުވިކަމަށާއި މި ހިސާބަށް އާދެވުނީ ޓީމުގެ ކުޅުންތެރިންގެ އެއްބަރާލުމާއެކު ކަމަށެވެ. އިމޮބިލޭގެ އެހީތެރިކަމާއެކު ހުސްވި ސީޒަންގައި ލީގުގެ ހަތަރު ވަނާގައި ލާޒިޔޯ ނިންމާލި އިރު އޭނާ ބުނީ މިއީ ގައުމީ ޓީމުގައި ކުލަބުގެ ލެވެލްގައި އޭނާއަށް އެންމެ މޮޅަށް ކުޅެން ލިބުނު ވަގުތު ކަމަށާއި މި ކާމިޔާބީގައި އިޓަލީގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރެވުނީތީ ފަހަރުވެރިވާކަމަށެވެ. ގައުމީ ޖާޒީގައި ކުޅުމަކީ ކޮންމެ ކުޅުންތެރިއެއްގެ އުންމީދެއްކަމަށާއި ގައުމީ ޖާޒީގައި ހުންނަ ކޮންމެ ވަގުތަކީ އެކަމާމެދު އޭނާ ފަހުރުވެރިވާ ވަގުތެއްކަމަށް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައި ހުރި ކުޅުންތެރިޔާ ބުންޏެވެ.

އިމޮބިލޭ ބުނީ އެނބުރި ޗެމްޕިއަންސް ލީގަށް އާދެވުމަކީ ޓީމުގެ ސަޕޯޓަރުންނަށް ލިބޭނެ ބޮޑު އުފަލެއްކަމަށެވެ. އުއްމީދަކީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލާޒިއޯގެ ރަނގަޅު މެޗުތަކެއް ފެނިގެންދިޔުން ކަމަށް 13 އަހަރަށް ފަހު ލާޒިއޯ ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުންޏެވެ.