މިއަހަރު
ނިމުމުގެ ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުންދޭ ހުރިހާ ޙިދުމަތްތައް އޮންލައިކޮށް ދެވޭނެ
އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިއަދު
ޓީވީމޯލްޑިވްސަގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެމްޕީއެލްގެ އައިޓީ
ޑިޕާޓްމަންޓްގެ ހެޑް އާދަމް ޝިފާން ވިދާޅުވީ މިހާރު އެމްޕީއެލްގައި ބަދަރު
މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކޮށްފައިވާ ކަމަށާއި މި ސިސްޓަމް ވަރަށް އަވަހަށް
ރަސްމީކޮށް ލޯންޗް ކުރެވިގެންދާނެ ކަމަށެވެ. އަދި އެއާއެކު އެ ކުންފުނިންދޭ ހުރިހާ
ޙިދުމަތްތަކެއް މިއަހަރު ނިމުމުގެ ކުރިން އޮންލައިންކޮށް ދިނުމަށް ހަމަޖެހިފައިވާ
ކަމަށް ޝިފާން ވިދާޅުވިއެވެ.
އަދި
ހުޅުމާލޭ ޓަރމިނަލާއި މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ
ކުރުމަށް އިތުރު ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންގެންދަވާކަމަށްވެސް
ޝިފާން ވިދާޅުވިއެވެ.