ކުޅިވަރު

ގޯލްޑް ކަޕުގައި އެމެރިކާއާއި ކެނެޑާ އެއް ގުރޫޕަކަށް


އަންނަ އަހަރު އެމެރިކާގަ ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ގުރޫޕެއްގައި އެމެރިކާއާއި ކެނެޑާ ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގައި ހަތަރު ގުރޫޕުގައި ހަތަރު ޓީމެއް ވާދަކުރާއިރު އެމެރިކާ އާއި ކެނަޑާ އިތުރުން ދެން ވާދަކުރާނީ މެރިޓޭނިކިއު އާއި ޕްރިލިމިނަރީ ބުރުން ކޮލިފައިވާ ޓީމެކެއެވެ. މުބާރާތުގެ މެހްމާނެއްގެ ގޮތުން ބައިވެރިވާ ގަތަރު ވާދަކުރާނީ ފެނެމާ އަދި ހޮންޑިއުރަސްގެ އިތުރުން ގްރެނެޑާއެވެ. މިއީ މުބާރާތުގެ އެންމެ ވަރުގަދަ ގުރޫޕެވެ.

ކޮސްޓަރިކާ އާއި ޖެމެއިކާ ސުރިނޭމް ލައްވާލީ އެއް ގުރޫޕެއްގައެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެކްސިކޯ އާއި އެލް ސެލްވިޑޯ ލައްވާލީ އެއް ގުރޫޕެއްގައެވެ. މުބާރާތުގައި ޕްރިލިމިނަރީ ކޮލިފައިންގައި ވާދަކުރާ 12 ޓީމުގެ ތެރެއިން ތިން ޓީމެއް މުބާރާތަށް ކޮލިފައިވާނެއެވެ. މުބާރާތުގައި ވާދަކުރާނީ 16 ޓީމެކެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ މެކްސިކޯއެވެ. މެކްސިކޯ އިން ވަނީ 8 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.
.