ޗައިނާގެ ވެރިރަށް ބެއިޖިންގައި ބާއްވާ
މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އަންނަ މަހުގެ ނަވާރަވަނަ ދުވަހު
ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ފޯރަމް ގެ ތާރީޙް ފަސްކޮށްފައިވަނީ ޗައިނާގެ
ޓިއަންޖިންގ ގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެންނެވެ.
މިއަދު ވެލާނާ ބިލްޑިންގްގައި ބޭއްވި
ނޫސްވެރިންގެ ބައްދަލްވުމެއްގައި އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ މިއަހަރުގެ
އިންވެސްޓްމަންޓް ފޯރަމްގައި ބައިވެރިވުމަށް މިހާތަނަށް ސަތޭކަ ވިހި ފަރާތަކުން
ރަޖިސްޓަރީކޮށްފައިވާ ކަމަށާއި އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް
ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މި ފޯރަމްގައި
ބައިވެރިވާ ފަރާތްތަކަށް ވިސާގެ ކަންތައްތަކާއި އެކޮމޮޑޭޝަންގެ ކަންތައްތަކުގައި އެ
މިނިސްޓްރީން އެހީތެރިވެދޭނެ ކަމަށްވެސް އާދަމް ތައުފީގް ވިދާޅުވިއެވެ.
މި
ފަހަރު ބާއްވާ ފޯރަމްގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގައި ހުރި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނާ ކުންފުނިތަކާ
ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ ފަރާތްތަކާއި
ހިއްސާކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.