ތަޢުލީމު

ޗައިނާއިން ޤައުމީ ޔުނިވަރސިޓީއަށް ފޮތްތަކެއް ހަދިޔާ ކޮށްފި


ރާއްޖޭގައި
ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ފޮތްތަކެއް
ހަދިޔާކޮށްފިއެވެ.މިކަމަށްޓަކައި
މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ހަފްލާއެއްގައި ފޮތްތައް ޤައުމީ
ޔުނިވަރސިޓީއާއި ހަވާލްކޮށްދެއްވީ ޗައިނާ އިން ރާއްޖެއަށް ކަނޑުއަޅުއްވާފައި
ހުންނަވާ ސަފީރު ވަންގް ފޫކަންގެވެ.



މި
ހަފްލާގައި ޗައިނާގެ ސަފީރާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސަރަ ޑރ.މުޙައްމަދު ލަތީފް
ވަނީ ޤައުމީ ޔުނިވަރސިޓީ އިތުރަށް ކުރިއެރުވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވަރަށް
ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.



ދެ
ބޭފުޅުންގެ ބައްދަލްވުމަށް ފަހު ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ޤައުމީ
ޔުނިވަރސިޓީގެ ޗާންސަލަރ ޑރ.މުޙައްމަދު ލަތީފް ވިދާޅުވީ އެ ޔުނިވަރސިޓީއަށް
ޗައިނާއިން މިއަދު ހަދިޔާ ކޮށްފައިމިވާ ފޮތްތަކަކީ އިލްމީ ގޮތުން ވަރަށް
ބޭނުންތެރި ފޮތްތަކެއް ކަމަށާއި އޭގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގައި ޗައިނާ ބަސް
ކިޔަވަމުންދާ ދަރިވަމުންނަށް އެހީތެރިވެދޭނެ ފޮތްތައް ވެސް ހިމެނޭ ކަމަށެވެ.



މިއަދުގެ
ބައްދަލްވުމުގައި ވަންގް ފޫކަންގް ވަނީ ޗައިނާ ގެ އެކި އެކި ޔުނިވަރސިޓީތަކާއި
ޤައުމީ ޔުނިވަރސިޓީ އާއި ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް ދިނުމަށް
އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޗައިނާ ބަސް
ކިޔަވައިދިނުން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް
ޗައިނާ ސަފީރާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސަލަރ ވަނީ މަޝްވަރާކޮށްފައެވެ.