އެލައިޑް މޮޓޯ އިންޝުއަރެންސް ނަގާ ފަރާތްތަކަށް ވެހިކަލް ވަގަށްނެގުމުން ލިބޭ ގެއްލުމުގެ ބަދަލު ލިބޭގޮތަށް އެލައިޑްގެ ކޮންޕްެރެހެންސިވް ޕްލޭނަށް ތެފްޓް ކަވަރޭޖް އިތުރުކޮށްފިއެވެ.
މިއާއި އެކު އެ ކުންފުނިން މިއަދު ވަނީ މޮޓޯ އިންޝުއަރަންސް ކެމްޕެއިން 2015 ވެސް އިފްތިތާހް ކޮށްފައެވެ.
މިއަދު އެލައިޑްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެކުންފުނީގެ މެނޭޖަރ، ސޭލްސް އެންޑް ކްލައިންޓް ސަރވިސަސް، ނަސްރަތު މުޙައްމަދު ވިދާޅުވީ ސައިކަލް ވަގަށް ނެގުމުން ބަދަލު ލިބޭ ފުރުސަތަކީ މޮޓޯ އިންޝުއަރަންސްގައި އިޙްތިޔާރީ ބައެއްގެ ގޮތުގައި ހިމަނާފައިވާ ބައެއް ކަމަށެވެ.
ވެލިކަލް ވަގަށް ނަގާފައިވާ ކަމަށް ބަލާނީ ގެއްލުނުތާ 6 މަސް ވުމުން ކަމަށާއި، ވެލިކަލްގެ ސްޕެއަރތައް ގެއްލިގެން ބަދަލު ދިނުން މީގެ ތެެރޭގައި ނުހިމެނޭކަމަށް އެލައިޑުން ހާމަކުރެއެވެ.
މިއަދު އިފްތިތާހްކުރި އެލައިޑްގެ މޮޓޯރ އިންޝުއަރެންސް ކެމްޕެއިނަކީ އަންނަ އޮކްޓޫބަރުމަހުން ފެށިގެން 2 މަސް ވަންދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
މި ކެމްޕެއިނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ނަސްރަތު ވިދާޅުވީ މި ކެމްޕެއިންގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގައި މޮޓޯ އިންޝުއަރެންސް އާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މޭޒުތައް ބަހެއްޓައިގެން އިންޝުއަރެންސް އާ ކުރެވޭނެ ގޮތް ހެދުމާއި، އަތޮޅުތެރޭގައި ވެސް ފަސޭހައިން އެކަން ކުރޭވެނެ އިންތިޒާމް ހަމަޖެއްސުމް ހިމެނޭ ކަމަށެވެ. އަދި އިމިގްރޭޝަންގެ އޮފީސްތައް ހުރި ބައެއް ރަށްތައް ކަމަށްވާ ހދ.ކުޅުދުއްފުށި، ޏ.ފުވައްމުލަތް އަދި އައްޑޫ އިން މޮޓޯ އިންޝުއަރެންސްގެ ހިދުމަތް އޮކްޓޯބަރުމަހުން ފެށިގެން ލިބޭނެ ކަމަށްވެސް އެލައިޑުން ހާމަކުރެއެވެ.
ރާއްޖޭގައި ދުއްވާ ހުރިހާ އުޅަދެއް ތަރޑް ޕާޓީ މޮޓޯރ އިންޝުއަރެންސް ހަދަން ޖެހޭ ކަމަށް ޤާނޫން ލާޒިމްކުރެއެވެ.