އަޟްހާ ޢީދު ބަންދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ކަނޑުމަތީގެ އުޅަނދުފަހަރު ބަލާ
ފާސްކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.
ކޯސްޓްކާޑުން ބުނީ މިއަދު
ހެނދުނުން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އޮޑި ދޯނިފަހަރަށް އަރާ
ދޯނި ފަހަރުގައި ލައިފް ޖެކެޓާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ހުރިތޯއާއި އަދި
ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިއީ ބަރަކާތްތެރި
އަޟްހާ ޢީދުގެ ޗުއްޓީކަމަށްވުމާއެކު މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން
އެއްރަށުން އަނެއް ރަށަށް ދަތުރުތަކެއް
ކުރަމުންދާ ދުވަސްވަރެއްކަމުން ކަނޑު މަގުން ދަތުރުކުރާއިރު، ހުރިހާ ފަރާތްތަކަކުންވެސް މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދުމަށްފަހު ދަތުރުތައް ރޭވުމަށްވެސް ކޯސްޓްގާޑުން
އިލްތިމާސް ކުރެއެވެ.