ކުޅިވަރު

މި ނަތިޖާތަކުން އަންނަ އަހަރު އޮންނަ ވަރލްޑް ކަޕް ކޮލިފައިންގަ ފައިދާ ކުރާނެ: ޗެވްޗެންކޯ


މިހާރު ޔުކްރެއިން ޓީމުން ހޯދާ ނަތީޖާތަކުން އަންނަ އަހަރު އޮންނަ ވަރލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ފައިދާ ކުރާނެކަމަށް ޔުކްރެއިން ގައުމީ ޓީމުގެ އަންދްރޭ ޗެވްޗެންކޯ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާ ވާދަކޮށް 1-0 އިން ބަލިވި މެޗަށް ފަހު ވާހަކަދައްކަމުން ޗެވްޗެންކޯ ބުނީ ރެލިގޭޓް ނުވެ ގުރޫޕްގައި ދެމި އޮވެއްޖެނަމަ އެއީ ހާސިލުކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްކަމަށެވެ. މިއަދުގެ ހާލަތުގައި މި ފެންވަރުގައި ވާދަކުރަން ޔުކްރެއިންނަށް އުނދަގޫތަކެއް ހުރިކަމަށް ޗެވްޗެންކޯ ބުންޏެވެ. އަނިޔާ އާއި ކޯވިޑް-19ގެ ސަބަބުން ޔުކްރެއިންގެ ކުލަބްތަކަށް ދިމާވި ހާލަތުން ވަރަށް ބޮޑަށް ގައުމީ ޓީމަށް ހިޔަނި އެޅިފައިވާކަމަށް ޔުކްރެއިނުގައި އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.

މި ހުރިހާކަމާއެކު ބޭނުންވަނީ އަންނަ އަހަރު އޮންނަ ވަރލްޑް ކަޕް ކޮލިފައިންގަ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް ޗެވްޗެންކޯ ބުންޏެވެ. ޓީމުގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން ޒުވާން ކުޅުންތެރިންނަށް ދައްކައިދެނީ ވަރަށް ހިތްވަރުގަދަ ކުޅުމެއްކަމަށް ޔުކްރެއިން ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ. އޭނާ ބުނީ އޭގެތެރެއިން ގިނަ ކުޅުންތެރިން މިއަދު ކުޅުނީ ގައުމީ ޖާޒީގައި ފުރަތަމަ މެޗު ކަމަށެވެ.

ޔުކްރެއިން އޮތީ ގުރޫޕުގައި މިހާތަނަށް ހޯދި ތިން ޕޮއިންޓާ އެކު ތިންވަނައިގައެވެ.