ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557426 (ފަސްލައްކަ ފަންސާސް ހަތް ހާސް ހަތަރުސަތޭކަ ސައްބީސް) މީހުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންދާޒާކޮށްފިއެވެ.
އެ އިދާރާއިން އަންދާޒާކުރާގޮތުން އާބާދީގެ %40.8 މީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އެއީ 227486 (ދެލައްކަ ހަތާވީސް ހާސް ހަތަރުސަތޭކަ ހަތަރުސަތޭކަ އަށްޑިހަ ހަ) މީހުންނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އަންދާޒާކުރާގޮތުން މާލެއަށް ފަހު އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކ.އަތޮޅުގައެވެ. އެއީ 41382 މީހުންނެވެ. ރާއްޖޭގައި އަދިވެސް 10000 މީހުން ހަމަނުވާ 4 އަތޮޅެއް އެބައޮތެވެ. އެއީ ވ.އަތޮޅާއި، މ.އަތޮޅާއި ފ.އަތޮޅު އަދި ޏއަތޮޅެވެ. މިގޮތުން އެންމެ ކުޑަ އާބާދީއެއް އޮތް އަތޮޅުކަމުގައިވަނީ ވ.އަތޮޅުގެ އާބާދީއަކީ 2688 އެވެ. މ.އަތޮޅުގެ އާބާދީ 6747 ގައި އުޅޭއިރު ފ.އަތޮޅުގެ އާބާދީއަކީ 5941 އެވެ. އަދި ފުވައްމުލައް ސިޓީގެ އާބާދީއަކީ 9873އެވެ. އަދި 10 އަތޮޅެއްގެ އާބާދީ ދިހަ ހާހާއި ވިހި ހާހާ ދެމެދު ހުރި އިރު އާބާދީ ވިހި ހާހާއި ތިރީސް ހާހަށް ދެމެދު އުޅެނީ 5 އަތޮޅެއްގައެވެ.
ހއ.އަތޮޅު 17389
ށ.އަތޮޅު 15358
ނ.އަތޮޅު 16706
ޅ.އަތޮޅު 14370
އއ.އަތޮޅު 13638
ދ.އަތޮޅު 10635
ތ.އަތޮޅު 11496
ލ.އަތޮޅު 16805
ގއ.އަތޮޅު 14616
ގދ.އަތޮޅު 15445
ހދ.އަތޮޅު 23157
ރ.އަތޮޅު 20297
ބ.އަތޮޅު 21145
އދ.އަތޮޅު 20248
އައްޑޫ ސިޓީ 26635
ށ. އަތޮޅުގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ 15,358އެވެ. އެއީ މުޅި ރާއްޖޭގެ އާބާދީގެ 2.8%އެވެ. pic.twitter.com/hpTcOA98ga
— Statistics Maldives (@statsmaldives) October 12, 2020
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މުޅި ރާއްޖޭގެ 6 ސަރަޙައްދެއްގައި ރީޖަނަލް ހޮސްޕިޓަލްތައް އެބަހުއްޓެވެ. އަދި 16 ވައިގެ ބަނދަރު މުޅި ރާއްޖޭގައި އެބައޮތެވެ. މީގެ އިތުރުން 5 ސަރަހައްދެއްގައި ޔުނިވަރސިޓީ ކެމްޕަސްތައް ހުރިކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.
2014 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 402071 މީހުންނެވެ.