ތަޢުލީމު

އެމްއެންޔޫގެ ކެމްޕަހެއް ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އަޅަނީ


ހުޅުމާލެ ދެވަނަ ފިޔަވަހި
ތަރައްޤީވެގެންދާއިރު އެތަނުގައި ޤައުމީ ޔުނިވާރސިޓީގެ ކެމްޕަސްއެއް އެޅުމާއި
ގުޅޭގޮތުން ވާހަކަ ދެކެވެމުންދާކަމަށް ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ
ޑރ. މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.



ޕީއެސްއެމް އަށް ދެއްވި
އިންޓަރވިއުއެއްގައި ޗާންސެލަރ ޑރ. މުޙައްމަދު ލަތީފް ވިދާޅުވީ ޤައުމީ
ޔުނިވަރސިޓީގެ ވަރަށް ފުރިހަމަ ކެމްޕަސް އެއް އެޅުމުގެ ވިސްނުން ސަރުކާރުން
ގެންގުޅުއްވާ ކަމަށާއި ހުޅުމާލޭގައި އަޅާ ކެމްޕަސް ވެގެންދާނީ ޤައުމީ
ޔުނިވަރސިޓީގެ މައި ކެމްޕަސް އަށް ކަމަށެވެ.



ޤައުމީ ޔުނިވަރސިޓީ އެއްގެ
ގޮތުން އެ ޔުނިވަރސިޓީ އިތުރަށް ފުޅާކޮށް ކުރިއެރުވުމަކީ ވަރަށް މުޙިއްމު
އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމަށާއި ހުޅުމާލޭގައި ޤާއިމްކުރާ ކެމްޕަސްގެ
ސަބަބުން އެ ޔުނިވަރސިޓީއަށް ދިމާވެފައިިވާ ވަރަށް ގިނަ ދަތިތަކަށް ހައްލެއް
ލިބިގެންދާނެ ކަމަށް ޗާންސަލަރ ފާހަގަކުރެއްވިއެވެ.