އައްޑޫ ސިޓީ މީދޫގައި އަމިއްލަ ޖަމިއްޔާއަކުން ހަދާފައިވާ މައިޒާންތަކަކަށް ގެއްލުން ދީފިއެވެ.
ފުލުހުން ވިދާޅުވީ މީދޫގެ އަމިއްލަ ޖަމިއްޔާއަކުން ހަދާފައިވާ މައިޒާންތަކަށް ގެއްލުން ދީފައިވާކަން ރަށުތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން އެރަށު ލިލީ ބީޗް ވައި ވަރާންޑު ޕާކްއާއި ކޮށްގަންނު ޕާކް އާއި ސްވިމިން ޓްރެކް އޭރިއާއަށް ގެއްލުން ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެ ތަންތަނަށް ގެއްލުން ދީފައިވާ މައްސަލަ ސ.ހުޅުމީދު ޕޮލިސް ސްޓޭޝަންއިން ތަޙްޤީގު ކުރަމުން އަންނަކަމަށެވެ.