ޚަބަރު

ކުރިޔަށްއޮތް 5 ދުވަހު އުތުރާއިމެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ


ކުރިޔަށްފަސްދުވަހުވެސް
ރާއްޖޭގެ އެކި ހިސާބަކަށް ވިއްސާރަކޮށް ޚާއްޞަކޮށް މެދުރާއްޖެތެރެއާ އުތުރުގެ
އަތޮޅުތަކުގެ ކަނޑުތައް އާދައިގެ 
ގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން
އަދިވެސް މޫސުމަށް ސަމާލުވެ ދަތުރުތައް ރޭވުމަށް 
މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.





މޫސުމާބެހޭ
ޤައުމީއިދާރާއިން ބުނީ ކުރިޔަށްއޮތް ފަސްދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ
އަތޮޅުތަކުގައި އެވްރެޖްކޮށް ފަނަރަމޭލުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް
ލަފާކުރެވޭކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 
ތިރީސްފަސްމޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ރާއްޖެއަށް
މިދުވަސްވަރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެމަތީ އުފެދިފައިވާ ލޯ ޕްރެޝަރ
ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން
މައުލޫމާތުދެއެވެ.





އީދުބަންދަށް ގިނަ
ބަޔަކު ރަށްރަށް ފުރައިގެން ގޮސްފައިވާއިރު އަންނަ ހަފްތާގެ ހޯމަދުވަކީ
އީދުބަންދަށްފަހު ސަރުކާރު ހުޅުވޭދުވަސްކަމުން ކުރިޔަށްއޮތް ހޮނިހިރު އަދި
އާދިއްތަ ދުވަހަކީ ގިނަބަޔަކު އަނެއްކާވެސް ކަނޑުދަތުރުތައް ކުރާނެ
ދުވަސްތަކެއްކަމަށް ބެލެވެއެވެ.