ޚަބަރު

ރޭ ނިޔާވި މީހާ ކޯވިޑް-19އަށް ޕޮޒިޓިވް - ދ.އަތޮޅު ހޮސްޕިޓަލް


ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ރޭ ނިޔާވި މީހާ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށް ދ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެމީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ. އަދި އެސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން މިއަދުގެ ވަގުތެއްގައިކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއީ ކޯވިޑް-19ގައި ނިޔާވި މީހެއްކަމެއް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަދި ހާމައެއް ނުކުރައްވައެވެ. މިއީ ރާއްޖެއިން ކޯވިޑް-19ޖެހި މަރުވި މީހުންގެ އަދަދު ވަނީ 37އަށް އަރާފައެވެ. އެއީ އެއީ 30 ދިވެހިންނާއި، 7 ބިދޭސީންނެވެ.

ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ރޭ ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ.މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ.

ކަނޑިންމަ މުވައްޒަފެއްގެ ރައްޓެެއްސެއް

އެޗް.ޕީ. އޭ އިން ކީ އްވެތޯ ނިޔާވި މީހާ އާއ އި ކޮންޓެކްޓް ވެފަ އި ތިބި ކަޑިންމަ ރިސޯޓްގެ އެހެން މުވަ އްޒަފުން ޓެސްޓް ނުކުރަނީ؟ ހުން އއަންނަ މީހުން ވަކިން ކަރަންޓީނު ރޫމެ އްގަ ރިސޯޓުން ބެހެ އއްޓީމަ އެ ނިމުނީތޯ؟ ކޮވިޑަށް ޓެސްޓް ކުރަނީ ކޮންމެ މުވަ އްޒަފަކު ނިޔާވީމަތޯ؟ މީ ވަރަށް ދެރަ ކަމެ އް