ޚަބަރު

ކޯވިޑް-19 : މިއަދު ރާއްޖެއިން ޕޮޒިޓީވްވީ 16މީހުން


ރާއްޖެއިން އިތުރު 16 ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11,659އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 13މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 3 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 16މީހުންގެ ތެރެއިން 13 މީހުންނަކީ ދިވެހިންނެވެ. އަނެއް 3 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11,659މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. ބަލިޖެހުނު މީހުްގެ ތެރޭޭގައި ހިމެނެނީ 7440 ދިވެހިންނާއި، 4219 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 35މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،814އަށް އަރާފައެވެ. މިއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 92އިންސައްތައަށްވުރެ ގިނައިން މީހުނެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 38 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ހާހަކަށްވުރެ ދަށަށްގޮސްފައިވާއިރު މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 800އެވެ. އަދި 251މީހުން މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 55މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި 2 މީހަކަށް ވޯޑުގައި، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވީޑިގައި 45 މިހުންނަށް އަދި އައިސީޔޫގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ބ.އެދަފުށީގައި ހުންނަ ކޯވިޑް-19އަށް ފަރުވާދޭ ފެސިލީޓީގެ ވޯޑުގައި ފަރުވާދޭ 6 މީހުން ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި1517ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ނެގި ސާމްޕަލްގެ ޢަދަދުވަނީ 198،872 އިތުރުވެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށަކުންނާއި، 27ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް މިހާރު އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުން 16ދިވެހިންނަށާއި، 12ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 35 ފަތުރުވެރިއަކާއި، 81 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބިކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.