ކުޅިވަރު

އަމިއްލަން ދަނޑުގައި ޓޮޓެންހަމުން ބްރައިޓަންގެ މައްޗަށް ކުރި ހޯދައިފި


ގެރެތް ބޭލްގެ ލަނޑުން އަމިއްލަން ދަނޑުގައި ޓޮޓެންހަމްއިން ބްރައިޓަންގެ މައްޗަށް ކުރި ހޯދައިފިއެވެ. ޓޮޓެންހަމުން މިމެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މިމޮޅާއެކު ޓޮޓެންހަމުން ވަނީ ލީގް ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. މެޗްގެ 13ވަނަ މިނެޓްގައި ޓޮޓެންހަމްއިންވަނީ ލީޑްނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭންއެވެ މިޕެނަލްޓީއަކީ ބްރައިޓަންގެ އެޑަމް ލަލާނާ ޓޮޓެންހަމްގެ ހެރީކޭންއަށް ކުރި ފައުލްއަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޓޮޓެންހަމް ކުރީގައި އޮވެގެން ނިންމާލިނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރު ތަކެއް ނުވަނީސް ބްރައިޓަންއިން ވަނީ ލަނޑެއް ޖަހާފައެވެ. މިލަނޑު ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ ތޯރިގު ލަމްޕްޓީއެވެ. މިމެޗުގައި ޓޮޓެންހަމްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. މެޗްގެ 73ވަނަ މިނެޓްގައި ގެރެތް ބޭލް ޖެހި މިލަނޑަކީ ސާޖިއޯ ރެގޯލޯން ނަގައިދިން ހުރަހަކުން ޖެހި ލަނޑެކެވެ. މިއީ ރެއާލް މެޑްރިޑްުން ޓޮޓެންހަމްއަށް ބަދަލްވި ފަހުން ބޭލް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މޮމޮޅާއެކު ހަތް މެޗުން 14 ޕޮއިންޓް ލިބިގެން ޓޮޓެންހަމް އޮތީ ލީގް ތާވަލްގެ ދެވަނާގައެވެ.