ޚަބަރު

ކޯވިޑް-19 : 36 މީހަކު ޕޮޒިޓިވްވެ 33 މީހަކު ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 36 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11737 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން މިއަދުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 31 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 5މީހުން ޕޮޒިޓިވްވެފައިވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 21 މީހުންނަކީ ދިވެހިންނެވެ. އަނެއް 15 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11737 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 7480 ދިވެހިންނާއި، 4257 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 33 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10916 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑް 19އިގެ އެކްޓިވް ކޭސްގެ ގޮތުގައި 776 ތިބިއިރު ހޮސްޕިޓަލުގައި 56 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އައިސޮލޭޝަންގައި 228 މީހަކު އެބަތިއްބެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ކޯވިޑް 19 އަށް ޓެސްޓުކުރުމަށް 1318 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 38 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.