ކުޅިވަރު

ހަސަންގެ އިސްލާހާ ގުޅިގެން އެސޯސިއޭޝަން ތަކުން ކަންބޮޑުވުން


ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ކުޅިވަރާ ބެހޭ ގާނޫނަށް ހުށަަހަޅުއްވާ އިސްލާހުގެ ތެރޭގައި ހުރި ބައެއް ކަންތައްތަކާ މެދު ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އަށާރަ ގައުމީ ކުޅިވަރު އެސޯސިއޭޝަންގެ ސޮއިކޮށް ސްޓޭމްޕް ޖަހައި އާންމުކޮށްފައިވާ ބަޔާން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފްވަނީ ޓްވިޓާގައި ޝެއަރކޮށްފައެވެ. މިބަޔާނުގައި ގައުމީ އެސޯސިއޭޝަންތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތަށް ކުރިއަށް ގެންދާނީ އިލެކްޝަން ކޮމިޝަންކަމަށް ބުނާ އިސްލާހަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކުން ނެރުނު ބަޔާނުގައި އިންތިޚާބާގުޅޭ ގުޅޭ 4ކަމެއް ފާހަގަކޮށްފައިވޭ.

އެގޮތުން ފުރަަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅިވަރު ގާނޫނަށް ހުށައަޅާފައިވާ އިސްލާހަކީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ، އޮލިމްޕިކް ޝަޓަރގެ 27.5 އަދި 27.6 މައްދާއާއި ޚިލާފު އިސްލާޙެއްކަމަށެވެ. އަދި މިއިސްލާޙު ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައުން ވެގެންދާނީ، އޮލިމްޕިކް ޗާޓަރގެ 27.9ވަނަ މާއްދާއާއި ހިލާފުކަމެއްކަމަށާއި އޮލިމްޕިކް ޝަތަރުގެ 59ވަނަ މައްދާގައިވާ އޮލިމްޕިކް މޫވްމަންޓް ރާއްޖޭގައި ހުއްޓި ރާއްޖެ ސަސްޕެންޑް ވެގެންދާނެކަމެއްކަމަށް ބާޔާނުގައި ފާހަގަކޮށް އަދި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ކުޅިވަރު ތާރީހުގައި މި ޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ސަަސްޕެންޑްވެފައިވާކަން ފެންނަން އޮތްއިރު، މި ކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށްވެސް ކުޅިވަރު އެސޯސިއޭޝަންތަކުން ނެރެފައިވާ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ކަންބޮޑުވުން ފާޅުކުރި އެސޯސިއޭޝަންތައް

-ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ހޭންޑްބޯލް މޯލްޑިވްސް
- މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
- ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
- ވޮލީބޯލް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް
- ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް،
- އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
- މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން
- ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ސްވިމިން އެސޯސިިއޭޝަން އޮފް މޯލްޑިވްސް
- މޯލްޑިވްސް، މޯލްޑިވްސް ސާފިން އެސޯސިއޭޝަން
- ކެރަމް އެސޯސިއޭޝަން އޮޮފް މޯލްޑިވްސް
- ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
- ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
- މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
- މޯލްޑިވްސް ޗެސް އެސޯސިއޭޝަން

މި ސަރުކާރުން ކުޅިވަރު ސިޔާސީނުކޮށް ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތް އެސޯސިއޭޝަންތަކުންވަނީ ފާހަގަކޮށްފައެވެ. އަދި ކުޅިވަރު ތަރައްގީކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގައި އެސޯސިއޭޝަންތަކުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަންވެސް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީދީފައެވެ. ހަސަންގެ އިސްލާހު ފާސްވެއްޖެނަމަ ގިނަ ކުޅިވަރުތަކަކުން ރާއްޖެ ސަސްޕެންޑްކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.