ކުޅިވަރު

އެންމެ ފުރަތަމަ އަމާޒަކީ އޭއެފްސީ ޕްލޭއޮފް މެޗް ކަމިޔާބުކުރުން: އީގަލްސް


މިއަހަރުގެ އެންމެ ފުރަތަމަ އަމާޒްއަކީ އޭއެފްސީ ޕްލޭއޮފް މެޗް ކަމިޔާބުކުރުންކަމަށް ކުލަބް އީގަލްސްއިން ބުނެފިއެވެ.

މިއީ ކުލަބް އީގަލްސްގެ ތާރީޙުގައި އޭއެފްސީ ޕްލޭއޮފް މެޗްގައި ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެފްއޭ ކަޕުގެ ޗެމްޕިއަނުންނަށްދޭ ޕްލޭއޮފް ޖާގަ އީގަލްސްއަށް ލިބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ސީޒަން ނިންމާލަން ޖެހުމާއި އެފްއޭ ކަޕް ކެންސަލްވުމާއެކު އެ ޖާގަ ލީގުގެ ދެވަނަ ޓީމްއަށް ދިނުމުންނެވެ.

މިދިޔަ އަހަރުގެ ލީގް ޗެންޕިއަން ޓީމްއަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ ކުލަބްގެ ތާރީޙޚުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ޕްލޭއޯފްގައި ވާދަކުރަން ލިބުމުން ރަގަނޅު ނަތީޖާއެއް ނެރެން ބޭނުންވާކަމަށެވެ. ޒުވާން ޓީމަކާއިއެކު ކުލަބް އީގަލްސް ގޮވައިގެން ނިކުންނަ ކޯޗް މޯހަން ބުނީ، ލީގްގެ މެޗްތަށްވެސް ވަރަށް މުހިންމުކަމަށާއި ނަމަވެސް އޭއެފްސީ ކަޕް ޕްލޭއޯފް މެޗަށް ތައްޔާރުވާން މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ކުޅުންތެރިން ތިބުމަށްފަހު، މިކުޅުންތެރިން ފިޓްކުރުމަކީ އެހާފަސޭހަކަމެއްނޫންކަމަށްވެސް މޯހަން ބުންޏެވެ. ކުލަބް އީގަލްސްގައި ތިބީ މެޗް އެކްސްޕީރިއަންސާއި ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެދީފައިވާ ކުޅުންތެރިންތަކެއްކަމަށް ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ. އަދި މިއީ އޭއެފްސީ ޕްލޭއޯފް މެޗަށް ނިކުންނައިރު ކުލަބް އީގަލްސް ޓީމަށް ލިބޭ ފުރިހަމަކަމެއްކަމަށް މޯހަން ބުންޏެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގް ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރޮއޭޝަނާއި ކުލަބް އީގަލްސްއެވެ. ލީގް މެޗްތަށް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 13ވަނަ ދުވަހުއެވެ.