ކުޅިވަރު

ޗެމްޕިއަންސް ލީގުގެ އެއްވަނައަށް މެންޗެސްޓަރ ސިޓީ


ޔޫއެފާ ޗެމްޕިއަންސްލީގް ފުޓުބޯޅަ މުބާރާތުގައި ސިޓީ އަމިއްލަ ދަނޑުގައި އޮލިންޕިއާކޯސް އަތުން 3-0 ލަނޑުން މޮޅުވެއްޖެއެވެ.

މި މެޗުގައި ލަނޑުޖަހާ ފުރަތަމަ ލީޑް ނެގީ ސިޓީންނެވެ. ސިޓީގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. މެޗުގައި އިތުރު ލަނޑެއް ޖަހާ ސިޓީއަށް އިތުރަށް ލިޑް ފުޅާކޮށްދިން ލަނޑު ކާމިޔާބުކުރީ ގެބްރިއަލް ޖެސޫސްއެވެ. މެޗުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔާއޯ ކަންސޭލޯއެވެ. މިލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ނުވަދިހަވަނަ މިނެޓުގައެވެ.

މި މޮޅާއެކު ސިޓީން ކުޅުނު ތިންމެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕޯޓޯ އޮތީ ލިބުނު ހަޕޮއިންޓާއެކުގައެވެ. މާސޭއޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. މާސޭ އެންމެ ފުލުގައި އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.