ކުޅިވަރު

ބަޔާން މިޔުނިކް ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައަކާ ކައިރިއަށް


ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ބަޔާން މިޔުނިކް އޮސްޓްރިއާގެ ރެޑްބުލް ސަލްސްބާގް ކޮޅަށް ހަލަނޑު ޖަހާ ދެވަނަ ބުރުގެ ޖާގައަކާ ކައިރިއަށް ޖެހިލައިފިއެވެ.

ގްރޫޕް އޭގެ މިމެޗު ބަޔާން ކާމިޔާބުކުރީ ހައެއް އެކަކުންނެވެ. މިމެޗުގައި ބަޔާންއިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީ އާއި ޖެރޭމް ބޯޓެންގް، ލީރޯއީ ސާނޭ އަދި ލޫކަސް ހެނާންޑޭޒްއެވެ. ލެވަންޑޮއުސްކީ ދެ ލަނޑު ޖެހިއިރު ސަލްޒްބާގް ކުޅުންތެރިއެއް އަތުން ބައިކޮޅަށްވެސް ވަނީ ލަނޑެއް ވަދެފައެވެ.

ބަޔާން މިޔުނިކް ވަނީ މި ގްރޫޕްގެ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ނުވަ ޕޮއިންޓް ހޯދާފައެވެ. އަނެއް ކޮޅުން ސަލްޒްބާގްއަށް ތިން މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެެކެވެ.