ކުޅިވަރު

ރިޖެކާ އަތުން މޮޅުވިޔަސް ކުޅުމާމެދު ހިތްހަމަނުޖެހޭ: ގަޓޫސޯ


ޔުރޮޕާ ލީގުގައި ރިޖެކާ އަތުން މޮޅުވިޔަސް ކުޅުމާމެދު ހިތްހަމަނުޖެހޭކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނެފިއެވެ.

ގަޓޫސޯ ބުނީ ގުރޫޕުގައި ފަސޭހަ މެޗެއް ނެތްކަން ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް އިނގޭނެ ކަމަށެވެ. މެޗުގެ ފުރަތަމަ ހާފްގައި ގިނަ ގޯސްތަކެއް ޓީމުން ހެދިކަމަށާއި ދެވަނަހާފްގައި އެކަންކަން ރަނގަޅުކުރިކަން ގަޓޫސޯ ވަނީ ފާހަގަކޮށްފައެވެ. މެޗުގެ ފުރަތަމަ 35 މިނެޓުގައި ޓީމު އޮތީ ނެގިމަޑުވެފަކަމަށް އިޓަލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބުންޏެވެ.

ގަޓޫސޯ ބުނީ މެޗުގައި ދެވަނަހާފްގައި ފެނިގެންދިޔައީ 90 މިނިޓުގައި ޓީމުގެ ފަރާތުން ފެންނަން ޖެހޭކުޅުން ކަމަށެވެ. 90 މިނިޓުގައި އެއްވަރަކަށް ސަމާލުކަން ކުޅުންތެރިން ނުދެވުމަކީ އޭނާގެ މައްސަލައެއް ކަމަށްވެސް ގަޓޫސޯ ބުންޏެވެ.