ކުޅިވަރު

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މެޗް އެއްވަރު


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް މެޗް އެއްވަރުވެ، ލިވަޕޫލްއަށް ލީގްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. މެޗް ފެށިގެން ލިވަޕޫލުން ދިޔައީ މެޗްގައި ރަގަނޅު ކުޅުމެއްދައްކަމުންނެވެ. ލިވަޕޫލަށް ލީޑް ނަގައިދިނީ މުހައްމަދު ސަލާޙެވެ. މެޗްގެ 13ވަނަ މިނެޓްގައި ސަލާޙު ކާމިޔާބުކުރި މިލަނޑަކީ މެންޗެސްޓަރ ސިޓީގެ ކައިލް ވޯކާ ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ކުރި ފައުލްއަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެެކެވެ. ލިވަޕޫލްގެ ލަނޑަށްފަހު ސިޓީއިންވަނީ ކުޅުން ރަގަނޅުކޮށް ލިވަޕޫލްގެ ގޯލްއަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗްގެ 31 ވަނަ މިނެޓުގައި ސިޓީއަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަނިޔާއިން ރަގަނޅުވެ ކުޅެން ނިކުން ގެބްރިއެލް ޖިސޫސްއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީއަށް ލީޑް ނެގުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާއަށެވެ. ޑިބްރޭނާ ޖެހި ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަަށެވެ. މެޗްގެ ދެވަނަ ހާފްގައި ގޯލް ޖެހުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ގެބްރިއަލް ޖެސޫސްއަށެވެ.

ބައިނަލަގްވާމީ މެޗްތަށް ލީގް ބްރޭކް ވިއިރު، ލެސްޓާ ސިޓީ އިނގިރޭސި ޕްރިމިއަރ ލީގްގެ އެއް ވަނައިގައި އޮތީ 8 މެޗުން 18 ޕޮއިންޓާއެކުގައެވެ. 2 ވަނައިގައި އޮތް ޓޮޓެންހަމާއި 3 ވަނައިގައި އޮތް ލިވަޕޫލަށް 8 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ތާވަލްގެ 4ވަނާގައި އޮތް ސައުތެމްޓަން އަށް ވަނީ 8 މެޗުން 16 ޕޮއިންޓް ލިބިފައެވެ.