ކުޅިވަރު

ބައިނަލް އަޤްވާމީ ބިލިއަރޑް މުބާރާތެއް ބޭއްވޭނެކަމުގެ އުންމީދު ވަރަށް ބޮޑު: މިނިސްޓަރ މަހްލޫފު


ރާއްްޖޭގައި ބައިނަލަގްވާމީ ބިލިއާޑްގެ މުބާރާތެއް ވަރަށް ކައިރު މުސްތަގަބަލެއްގައި ބޭއްވޭނެކަމަށް އުއްމީދު ކުރާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމް ކޮށްފައިވާ ހުޅުމާލެ ބިލިއާޑް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިސަރުކާރަަށް ދެ އަހަރު ފުރިގެންދާއިރު، މިނިސްޓަރ މަހުލޫފްވަނީ ގައުމީ ޓީމްތަކުގެ މެދުގައި އޮންނަ ފަރަގު ކުޑަކޮށް، ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް 5000 ރުފިޔާ ދީފަ އަދި ގައުމީ ކޮންމެ އެސޯސިއޭޝަންއަކަށް މަދުވެގެން 5 ލައްކަ ރުފިޔާ ދީފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ބިލިއާޑަކީވެސް ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރެއްކަމަށާއި ހުޅުމާލެ ބިލިއާޑް ހައުސްގެ ސަބަބުންވެސް ބިލިއާޑް ކުޅުންތެރިންނަށް ރަގަނޅު ފެންވަރުގައި ކުޅުމުގެ ފުުރުސަތު ލިބިގެންދާނެކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ ބިލިއާޑަކީ މީގެ ކުރިން ވަރަށް ބޮޑަށް އަޅާނުލެވިފައިވާ ކުޅިވަރެއްކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން އެއްވެސް ކުޅިވަރެއް ބާކީއެއް ނުކުރާނެކަމަށާއި ކޮންމެ ކުޅިވަރަކަށްވެސް ސަރުކާރުން އަޅާލާނެކަމަށެވެ. ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ފުޓްބޯޅައަށް މާގިނަ ހޭދަކުރާކަމަށް ބައެއް ފަރާތްތަކުން ދައްކާވާހަކައަށް އިޝާރާތްކޮށް މިނިސްޓަރ މަހުލޫފް ވިދާޅުވީ ފާއިތުވެގެންދިޔަ 2 އަހަރުގައި ކުރެވުނު މަސައްކަތަށް ބަލާއިރުވެސް އެކަން ވަރަށް ރަގަނޅަށް ސާބިތުވާނެކަމަށެވެ.
ހުޅުމާލޭގައި ހުޅުވި ބިލިއާޑް ހައުސްގައި 6 ބިލިއާޑް ބޯޑް ބަހައްޓާފައިވެއެވެ. މިއީ މާލޭގައި ބިލިއާޑް ހައުސް އިންޓަރނެޝަނަލް ބިލިއާޑް ހައުސްއަކަށް ހެދުމަށް ބަންދުކުރި ފަހުން ހުޅުވި ފުރަތަމަ ބިލިއާޑް ހައުސްއެވެ.