ވިޔަފާރި

ޗުއްޓީއަށް ޓައިގަރ ޝްރޮފް ރާއްޖޭގައި، ފޮޓޯތައް ވަރަށް ހިތްގާއިމު


ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ޓައިގަރ ޝްރޮފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރާއްޖެއައިކަން އޭނާ ހާމަކޮށްފައިވަނީ އިންސްޓަރގްރާމްގައި ޝެއަރ ކުރި ޕޯސްޓެއްގައެވެ.

ޓައިގަރ ޝްރޮފް ރާއްޖެ އައިސްފައިވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއާ އެއްކޮށްކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މީގެކުރިންވެސް އެދެތަރިން ވަނީ ރާއްޖޭގައި އެތައް ފަހަރެއްގެ މަތިން ޗުއްޓީހޭދަކޮށްފައެވެ.

ޓައިގަރ ޝްރޮފްގެ އިތުރުންވެސް ބޮލީވުޑާއި ހޮލީވުޑްގެ މަޝްހޫރު ތަރިން އަބަދުވެސް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. އެގޮތުން ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައިވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަކީ ހަމަ އެއްވަނަ މަންޒިލެވެ. އެގޮތުން މިވަގުތު ކެޓްރީނާ ކައިފް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންއެބަދެއެވެ. އަދި މީގެ ދުވަސްތަކެއްކުރިން ވަރުން ދަވަން އަދި ކާޖަލް އަގަރްވާލްވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.