ފްލައިޓް އޮޕަރޭޝަންތަކަށް ބުރުއެރުމުގެ ސަބަބުން އެމިރެޓްސްއަށް މިއަހަރުގެ ފުރަަތަމަ ހަ މަސްދުވަހުގެ ތެރޭގައޮ 3.4 ބިލިއަން ޑޮލަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މިއަހަރުގެ ފުރަތަަމަ ހަމަސް ދުވަސް ވެގެންގޮސްފައިވަނީ ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި މި އެއަރލައިންނަށް ގެއްލުމާއި ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރަށެވެ.
ކޯވިޑް-19ގެ ސަބަބުން ފްލައިޓް އޮޕަރޭޝަންތަކަށް ވަނީ ވަރަށް ބޮޑަށް ބުރުއަރާފައެވެ. އެގޮތުން ކޯވިޑްގެ ކޭސްތައް އެންމެ އިތުރުވި މާރޗް އަދި ޖުލައިމަހާއި ދެމެދު އެމިރޭޓްސްގެ އުދުހުންތައް ވަނީ އެއްކޮށް ހުއްޓާލާފައެވެ. މިކަމުގެ ސަބަބުން ޕެސެންޖަރ ޓްރެފިކް 95 އިންސައްތަ އަޑިއަޅާލާ ރެވެނިއުވަނީ 3.2 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.
ކޯވިޑް19ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ގެއްލުމުގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއަރލައިންކަމަށްވާ ދުބާއީގެ އެމިރޭޓްސްއިންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެެވެ. އެގޮތުން ޚަރަދުކުޑަކުރުމުގެ ގޮތުން 60 ހާސް މުވައްޒަފުން މަސައްކަތްކުރަމުންދިޔަ ކުންފުނިން، 9000 ވަޒީފާ ވަނީ މަދުކޮށްފައެވެ.
އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ބުނީ މީގެކުރިންވެސް ބައެއް މުވައްޒަފުން މަދުކޮށްފައިވާކަމަށާއި ނަމަވެސް އަދިވެސް އިތުރު މުވައްޒަފުން މަދުކުރަންޖެހޭކަމަށެވެ. މީގެ އިތުރުން ކޯވިޑްގެ ގެއްލުން ބޮޑުވެ އެމިރޭޓްސްގެ ބައެއް ޕައިލެޓުން މުސާރަ ނުހިނގާގޮތަށް 1 އަހަރުގެ ޗުއްޓީއަކަށް ފޮނުވާލަން ނިންމާފައިވާކަންވެސް އެމިރެޓްސްއިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އެމިރެޓްސްއިން ވަނީ މިއަހަރުގެ ކުރީކޮޅު މުއައްޒަފުންގެ މުސާރަ ކުޑަކޮށްފައެެވެ. އެހެންނަމަވެސް އޮކްޓޫބަރުމަހުން ފެށިގެން އެ އެއަރލައިންގެ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަދިވެސް އެއަރލައިންގެ ބައެއް މުވައްޒަފުންނަށް ދޭ އެލަވަންސްތައް ކުޑަވާނޭކަމަށް އެ ކުންފުނިން ބުނެއެވެ. ކޯވިޑްގެ ގެއްލުން ބޮޑުވެ އެމިރޭޓްސްގެ ބައެއް ޕައިލެޓުން މުސާރަ ނުހިނގާގޮތަށް 1 އަހަރުގެ ޗުއްޓީއަކަށް ފޮނުވާލަންވެސް އެކުންފުނިން ވަނީ ނިންމާފައެެެވެ.
އެމިރޭޓްސްގެ ގިނަ ޕައިލެޓުންނަކީ ޔޫއޭއީގެ ޕައިލެޓުންނަށް ނުވުމުން ސަރުކާރުގެ ރިކަވަރީ ޕްލޭނުންވެސް މި މުވައްޒަފުންނަށް މުސާރަ ނުދެވޭކަން އެމިރޭޓްސްއިން ވަނީ ފާހަގަކޮށްފައެވެ. މިގޮތަށް ފޮނުވާލާ މުއައްޒަފުންނަށް މަހު މުސާރަ ނުދިންކަމުގައި ވިޔަސް އެ މުއައްޒަފުންނަށް އެކޮމޮޑޭޝަންއާއި، މެޑިކަލް ޚަރަދުތައް ހަމަޖައްސައިދޭނެކަމަށް އެމިރޭޓްސްއިން ބުނެއެވެ.
ކޯވިޑްގެ ސަބަބުން ވައިގެ ދަތުރުފަތުރު ހުއްޓި، އެއަރލައިންތަކުގެ ވިޔަފާރި އަޑި އަޅާލާފައިވާއިރު، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ބުނާގޮތުން އެއަރލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހިދާނެއެވެ. އަދި ވަޒީގާ ގެއްލުނު މީހުންގެ އަދަދު 1 މިލިއަނަށް އަރާނެކަމަށްވެސް އަޔާޓާއިން ލަފާކުރެއެވެ. .