ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އަކްރަމް މަޤާމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި


ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން ވަނީ އިލެކްޝަން ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމް އެކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އެކޮމިޓީއަށް އަކްރަމްއާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމް ހާޒިރުކޮށްވަނީ ސުވާލުކޮށްފައެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ާަަި

އއއެކަން ސާބިތު ވެ އްޖެނަމަ އަވަހަށް ވަކި ކުރަންވީ