ޚަބަރު

އެމްއެމްސީގެ މެމްބަރުކަމަށް އެންމެ ގިނަ ވޯޓާއެކު ޕީއެސްއެމްގެ އަލީ ހުސައިން


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް އެންމެ ގިނަ ވޯޓާއެކު ޕީއެސްއެމް ނިއުސްގެ ސީނިއަރ އެޑިޓަރ އަލީ ހުސައިން އިންތިޚާބްވެއްޖެއެވެ. އެމްއެމްސީގެ މެމްބަރުކަމަށް އަލީ ހުސައިން އިންތިޚާބްވީ 152 ވޯޓާއެކުގައެވެ.

މޯލްޑިވްސް މިޑިއާ ކައުންސިލްގެ މެމްބަރުކަމަށް އިންތިޚާބް ވި މެމްބަރުން :

އަލީ ހުސައިން، ލައިފް ބޯއި. / ގދ.ތިނަދޫ- ޕަބްލިކް ސަރވިސް މީޑިއާ (152ވޯޓު)
މުޢިއްޒު އިބްރާހިމް، ދޫޑިގަން.އުނަކެޑެގެ / ޏ.ފުވައްމުލައް-މިހާރު ނޫސް (99 ވޯޓު)
އާދަމް ނަޒީރު، ކިނާރާ / ރ.އަލިފުށި- ހަތާވީސް އޮންލައިން (97 ވޯޓު)
ހުސައިން ޝަޤީފް، ހިސާން / ހދ.ވައިކަރަދޫ- ތިލަދުން (97 ވޯޓު)
ޞަހުބާން ފަހުމީ، މ.ފިނަވާގެ 2 ނަންބަރުބައި / ކ.މާލެ- ސަންގު ޓެލެވިޜަން (94 ވޯޓު)
އާދަމް ނަވާޒް، ދުނޑި ޗާންދަނީވިލާ / ލ.ގަން- ވަގުތު އޮންލައިން (92 ވޯޓު)
ހަސަން ޝާކިރު މުޙައްމަދު، ހ.ހުދުފިނިފެންމާގެ / ކ.މާލެ- އަސްދަނޑި (88 ވޯޓު)

މީޑިއާ ކައުންސިލަށް އާއްމުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެމްބަރުންނަކީ:

ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް / ގއ. ވިލިނގިލި- (142 ވޯޓު)
އަންވަރު އިބްރާޙިމް، މަންޒިލް/ބ.ތުޅާދޫ- (112 ވޯޓު)
އިބްރާހިމް ފައުޒީ، ބާޑްވިލާ / ބ. ތުޅާދޫ (99 ވޯޓު)
އަހްމަދު މޫސާ، / ހ. އަމްސާވިލާ (90 ވޯޓް)
ޝަފާއަތު ހަބީބް، ފޭދޫ / ގދ. ހޯޑެއްދޫ- (83 ވޯޓް)
މުހައްމަދު ޝަފާއު ހަސަން / މ. ރިވެލިގެ/ މާލެ (82 ވޯޓް)

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އެހެންނަމަވެސް މީޑިއާތައް ތަމްސީލްކުރާ އެއް މެމްބަރަކާއި އާއްމު މެމްބަރެއްގެ ދައުރު އަދި ހަމަނުވާތީ ކައުންސިލަށް މިއަދު އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 13 މެމްބަރުންނެވެ.

މިއަދު ބޭއްވި މިއިންތިޚާބުގައި ވޯޓުލުމަށް 199 މީޑިޔާއަކުން ރަޖިސްޓްރީކޮށްފައިވާއިރު މިއަދު ވޯޓުލާފައިވަނީ 187 މީޑިޔާއަކުންނެވެ. މިއިންތިޚާބުގައި 29 ކެނޑިޑޭޓަކު ވާދަކުރިއެވެ. އޭގެތެރޭގައި ހިމެނޭނީ މީޑިއާތަކުގެ 7 ގޮނޑިއަށް ވާދަކުރާ 15 ކެނޑިޑޭޓުންނާއި އާއްމުންގެ ތެރެއިން ކައުންސިލަށް ހޮވާ 6 ގޮނޑިއަކަށް ވާދަކުރާ 14 ކެނޑިޑޭޓުންނެވެ.

ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.