ޚަބަރު

ޑަބްލިއު އެސް އޭ ހޭންޑްބޯލް ބެޓްލް 2020 ގެ ފައިނަލަށް ނުއުއޭޖް އެސް ސީ ، ނޮޅިވަރަމް އަދި ފެމެލީ ބޭކަރ


ޑަބްލިއު އެސް އޭ ހޭންޑްބޯލް ބެޓްލް 2020 ގެ ފައިނަލަށް ނުއުއޭޖް އެސް ސީ ، ނޮޅިވަރަމް އަދި ފެމެލީ ބޭކަރ ގޮއްސިއެވެ.

މިމުބާރާތުގެ ސެމީފައިނަލް 4 މެޗް ރޭގައިވަނީ ކުޅރފައެވެ. ފުރަތަމަ ކުޅުނު އަންހެން ޑިވިޝަންގެ ސެމީފައިނަލްގައި ބައްދަލްކުރީ ފެމެލީބޭކަރ އަދި ފައިވްއެވެ. މިމެޗް 4 ލަނޑު 12 ލަނޑުން ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ފެމެލީބޭކަރ އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީބޭކަރ ގެ ޖާރޒީ ނަންބަރ 07 އައިމިނަތު ހިބާ ފައިސަލްއެވެ.

ސެމީފައިނަލްގެ އަންހެން ދެވަނަ މެޗްގައި ނޮޅިވަރަމް އަދި ރަނިކަ ބައްދަލްކޮށް 7 ލަނޑު 10 ލަނޑުން މެޗްކާމިޔާބުކޮށް ފައިނަލުން ޖާގަހޯދީ ނޮޅިވަރަމްޓީމްއެވެ. މިމެޗްގެ މޮޅުކުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަމް ޓީމްގެ ޖާރޒީ ނަންބަރ 04 މައުސޫމާ އަބްދުލް ރަހީމް އެވެ.


ސެމީފައިނަލްގެ 3ވަނަ މެޗްގައި ފިރިހެން ޑިވިޝަންގެ ނިއުއޭޖް އެސް ސީ އަދި ޒިގަޒެގް ބައްދަލްކުރި މެޗް 8 ލަނޑު 14 ލަނޑުން ކާމިޠާބުކޮށް ފައިނަލްއަށް ދަތުރުކުރީ ނިއުއޭޖް އެސް ސީ އެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުއޭޖް އެސް ސީ ގެ ޖާރޒީ ނަންބަރ 04 އަހުމަދު ދާއޫދު އެވެ.

ސެމީފައިނަލްގެ ފަހުމެޗްގައި ފިރިހެން ޑިވިޝަންގެ ފެމެލީބޭކަރ އަދި ޓީމް އަލްފާ ބައްދަލްކުރި މެޗް 9 ލަނޑު 14 ލަނޑުން މެޗް ކާމިޔާބުރީ ފެމެލީބޭކާރ އެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާރގެ ޖާރޒީ ނަންބަރ 11 އަހުމަދު ފައިސަލް ނައީލް އެވެ.

މިމިބާރާތުގެ ފައިނަލްމެޗް މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާއިރު އަންހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލްކުރާނީ ނޮޅިވަރަމް އަދި ފެމެލީބޭކަރ އެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލްގައި ބައްދަލްކުރާނީ ފެމެލީ ބޭކަރ އަދި ނިއު އޭޖް އެސް ސީއެވެ.