ޚަބަރު

ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރަނީ


ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރާސާއެއް ކުރަން ފަށައިފިއެވެ.

މި ދިރާސާއަކީ ވޯލްޑް ބޭންކުގެ ހިލޭއެހީއާއި ލޯނުގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރިއަށްގެންދާ ދިރާސާއެކެވެ.

"މޯލްޑިވްސް ހައުސިންގ މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ"ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާގެ މަސައްކަތް އެކި ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި ދިރާސާއަކީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތިގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތް ދެނެގަތުމަށް ކުރިއަށް ގެންދާ ދިރާސާއެއްކަމަށެވެ. އަދި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ މަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ދެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއްކަމަށެވެ.

މި ދިރާސާއިން ހޯދާ މަޢުލޫމާތުގެ ތެރެއިން ޝާއިޢު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޖުމްލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މަޢުލޫމާތެއް ހާމަނުކުރައްވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ފޯނުންކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރިއަށްގެންދާ މި ދިރާސާއަކީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ދިރާސާ ކުރުމުގެ ހުއްދަ ލިބިގެން ކުރިޔަށްގެންދެވޭ ދިރާސާއެކެވެ.

ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރިއަށްގެންދާއިރު 2022 ވަނަ އަހަރު ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ކުރިއަށްގެންދިޔުމަށްވެސް ވަނީ ނިންމާފައެވެ.

ޙަބީބު

އޭދަފުށިން ގޯތިނުދީ 25 ބުރީގެ 10 ޓަވަރު ގާއިމު ކުރުމުން ކުރިޔައް މިއޮތް 10 އަހަރު އޭދަފުށި މީހުން ނުޖެހޭނެ ގޯތި ހޯދަން ދުވާ ކައް ގޯތިދިނީމަ މައިން ބަފައިން މަރުވީމަ ހަމަ ތޮއްޖެހޭނީ ގެބަލާލީމަ ގޯތިދިނުން ހުއްޓާލާ ފުލެޓު މާރަނގަޅު ރާއްޖެޔައް މާލޭގަ ހުރި ކުދި ބިންތައް ހުސް ކުރުމައް މާލޭ ރައްވެހިންނައް 2000 އަ ކަފޫޓު ގޯތިދިނުން ރަނގަޅު