ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި


ސިލްކު ރޫޓާއި ގުޅޭ ގޮތުން ގައުމުތަކުގެ ސިޔާސީ
ޕާޓީތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބް
ރައީސް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.



ޗައިނާއަށް ފުރައިވަޑައިގަތުމުގެ ކުރީން އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިނަށް މައުލޫމާތުދެއްވަމުން
ނައިބްރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސިލްކު ރޫޓްގައި ހިމެނޭ
ގައުމުތަކާއި އަދި އޭޝިޔާގެ ގައުމުތަކުން ބައިވެރިވާކަމަށާއި، މި ދަތުރުފުޅަކީ
ޕީ.ޕީ.އެމްގެ ނައިބުރައީސަށް ލިބުނު ފުރުސަތެއްކަމަށެވެ.

ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވީ މިދަތުރުފުޅުފުޅުގައި
ޗައިނާއާއިއެކު ރާއްޖެއިން ކުރިއަށްގެންދާ ތަރައްގީގެ ޕްރޮޖެކްޓްތަށް ޚާއްސަކޮށް
ބްރިޖް ޕްރޮޖެކްޓާއި، އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ ލޯނާއި ގުޅޭގޮތުން
އިތުރަށް ވާހަކަދެކެވިގެންދާނެކަމަށާއި މި ދަތުރަކީ ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެ ދަތުރެއްކަމަށެވެ.

މިދަތުރުފުޅުގައި ސިލްކް ރޫޓް
ބައްދަލުވުމަށްފަހު، ޗައިނާގައި ބާއްވާ ރާއްޖޭގެ ދެވަނަ އިންވެސްޓްމަންޓް ފޯރަމް ހުޅުވައިދެއްވާނީވެސް ނައިބް ރައީސް އަޙްމަދު އަދީބްއެވެ.