އަންނަ އަހަރު އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަން އަންނަން ބޭނުންވަނީ ރާއްޖެއަށްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ގޫގުލް މެދުވެރިކޮށް ކުރިއަށްގެންދިޔަ ދިރާސާއަކުން މިގޮތަށް ދައްކާފައި މިވަނީ ކޯވިޑް19 އަށްފަހު ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޗުއްޓީ ހޭދަކުރަން މީހުން އެންމެ ގިނައިން ދާން ބޭނުންވާ މަންޒިލްތައް ހިމަނަގައިގެން "ކްލަބް މެޑް"އިން ގޫގުލް މެދުވެރިކޮށް ކުރިއަށްގެންދިޔަ ދިރާސާގެ ލިސްޓުގެ 1 ވަނައިގައި ހިމެނިފައިވަނީ ރާއްޖެއެވެ. ކްލަބް މެޑުގެ ދިރާސާގައި ބަލާފައިވަނީ އަންނަ އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކުރަން ދާންބޭނުން ވަނީ ކޮންކޮން މަންޒިލްތަކަކަށްތޯއެވެ.
މިއަހަރަކީ ކޯވިޑް19 ގެ ސަބަބުން މުޅި ދުނިޔޭގެ ފަތުރުވެރިކަން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނު އަހަރެކެވެ. މި އަޑިގަނޑުން އަރައިގަތުމަށް އެތައް އަހަރެއް ނަގާނެކަމަށް މި ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން މީހުން ރާއްޖެ އަންނަން ބޭނުންވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގެ އަލި މަގެކެވެ.
"ކްލަބް މެޑް"ގެ ދިރާސާއިން ދައްކާގޮތުން ގޫގުލް މެދުވެރިކޮށް އެންމެ ގިނަ މީހުން އަންނަ އަހަރު ޗުއްޓީ ހޭދަކުރަންދާން ބޭނުންވާ 10 މަންޒިލްގެ ތެރޭގައި ހިމެނެނީ:
މީގެކުރިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި 2020 ވަނަ އަހަރު އެންމެ ގިނަ މީހުން ދަތުރުކުރަން ބޭނުންވެގެން ސާޗްކޮށްފައިވާ މަންޒިލްގެ 2 ވަނައިގައިވެސް ވަނީ ރާއްޖެ ހިމެނިފައެވެ. ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރުވެރިކަން ފަށައިގަނެފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ރާއްޖޭގެ މަޤްބޫލުކަން އިތުރުވެ ރާއްޖެ އަންނަ ފަތުރުވެރިން އަންނަނީ އިތުރުވަމުންނެވެ.
ރާއްޖޭގެ މަޤްބޫލުކަން މި ދަނޑިވަޅުގައި ފަތުރުވެރިންގެ މެދުގައި މަޤްބޫލުވުމުގެ އެންމެ މުހިންމު ސަބަބަކީ ގުދުރަތީގޮތުން ވަކިވަކި ރަށްރަށެއްގެ ގޮތުގައި ރާއްޖެ އުފެދިފައިވުމެވެ. އަދި މި ދަނޑިވަޅުގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުގެ މުވައްސަސާތަކާއި މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ފަސްލައްކަ ބާވީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެއްލައްކަ ތިރީސް ނުވަހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.