ކުޅިވަރު

އެލްޗޭއިން ރެއާލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ސްޕެނިޝް ލަލީގާގައި އެލްޗޭއިން ރެއާލް މެޑްރިޑު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މެޑްރިޑް އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ކުރީ ކޮޅު ރެއާލް މެޑްރިޑްގެ މާސެލޯ އާއި މާކޯ އެސެންސިއޯ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އެލްޗޭގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މެޗުގެ ފުރަތަމަހާފްގައި ލުކާ މޮޑްރިޗްގެ ލަނޑު މެޑްރިޑް ކުރި ހޯދައިރު ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީއަކުން އެލްޗޭގެ ފިޑެލް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

ރޭގެ މެޗުގައި މެޑްރިޑްގެ މޮޑްރިޗް ޖެހި ލަނޑާއެކު އޭނާ ވަނީ 364 މެޗަށްފަހު ބޮލުން ފުރަތަމަ ފަހަރަށް ލަނޑެއް ޖަހައިފައެވެ. މިއީ މިހާތަނަށް ކުޅުންތެރިޔާ ބޮލުން ޖަހައިދިން ޖަހައިދިން 26 ވަނަ ލަނޑެވެ. މިމެޗުގެ ކުރިން ލީގުގައި ކުޅުނު ފަސްމެޗުން މެޑްރިޑް ވަނީ ކާމިޔާބުކޮށްފައެވެ.

ރޭގެނަތީޖާއެކު މެޑްރިޑުން އަހަރު ނިންމާލީ ތާވަލުގެ ދެވަނައިގައި އޮވެގެންނެވެ. މެޑްރިޑް ދެވަނައިގައި އޮތީ 16 މެޗު ކުޅެގެން އެއްވަނައިގައި އޮތް އެތުލެޓިކޯއަށް ވުރެ ދެޕޮއިންޓް މަދުން ހޯދައިގެން 33 ޕޮއިންޓާއެކުގައެވެ.