ކުޅިވަރު

ލީގު ހޯދަން މިހާރު ބާސެލޯނާއަށް އުނދަގޫވެއްޖެ : ކޫމަން


ސްޕެނިޝް ލީގު ކާމިޔާބުކުރަން މިހާރު އުނދަގޫވެފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން ބުނީ މިއީ ބާސެލޯނާއަށް މައްސަލަތައް ގިނަ އުނދަގޫ ސީޒަނެއް ކަމަށާއި އެހަގީގަތް މިހާރު އެމެންވެސް ގަބޫލުކުރަން ޖެހިފަވާކަމަށެވެ. އޭނާ ބުނީ އެއްވެސްކަމަކީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުވާނެކަމެއްކަމަށް އޭނާ ގަބޫލްނުކުރާ ކަމަށާއި އެކަމަކު މިހާރު ހާލަތުގައި ކުރިޔަށްދާން ބާސެލޯނާއަށް ދަތިވެފައިވާކަމަށެވެ. ކޫމަން ބުނީ ލީގުގެ ކުރީގައި އޮތް އެތުލެޓިކޯ މެޑްރިޑްއާ މިހާރު އޮތް ފަރަގު ބޮޑުވެފައިވާކަމަށާއި އެޓީމުއޮތް ރަނގަޅު ފޯމުގައި އަތުލަން އެހާ ފަސޭހަނުވާނެކަމަށެވެ. ކޫމަން ބުނީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންނަށް ނުކުޅުވެމުން މައްސަލަދިމާވާ ކަން އޭނާ ގަބޫލްކުރަން ބޭނުންނުވާ ކަމަށެވެ.

މެސީ ރަނގަޅު ފޯމުގައި ހުރެއްޖެނަމަ އަބަދުވެސް ތަފާތުދައްކާކަމަށް ކޫމަން ބުންޏެވެ. ކޫމަން ބުނީ ބާސެލޯނާއަށް ގެއްލިގެން ދިޔައީ މޮޅުނުވޭ ވަރުގެ މެޗުތައް ނޫންކަމަށާއި ލިބުނު ފުރުސަތު ތާކާބަލާއިރު ކޮންމެ މެޗަކީވެސް ބާސެލޯނާއަށް މޮޅުވެވިދާނެ މެޗެއްކަމަށް ކޫމަން ބުންޏެވެ. ބާސެލޯނާ މިވަގުތު ލަލީގާގެ ތާވަލުގެ 6 ވަނައިގަ އޮތީ އެއްވަނައިގަވާ އެތުލެޓިކޯއަށް ވުރެ 10 ޕޮއިންޓް މަދުން ހޯދައިގެންނެވެ.