ކުޅިވަރު

ސައުތުހެމްޓަން މޮޅުވާން ހައްގު : ކުލޮޕް


އިނގިރޭސި ލީގުގައި ސަދެމްޓަން މޮޅުވާން ހައްގުކަމަށް އެޓީމުން އަތުން ބަލިވި ލިވަޕޫލްގެ ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކުލޮޕް ބުނީ މެޗުން ސަދެމްޓަން އަތުން ބަލިވުމަކުން އެގޮތަކަވެސް އޭނާ މާޔޫސް ނުވާކަމަށެވެ. އޭނާ ބުނީ މެޗުތަކުގައި ނަތީޖާ ހޯދޭނީ އިދިކޮޅަށް ނުކުންނަ ޓީމުގެ ކުޅުންވެސް ރަނގަޅަށް އެނގިތިބެކަމަށެވެ. ކުލޮޕް ބުނީ މިއީ ރޮކެޓް ސައިންސެއް ނޫންކަމަށާއި މިއަށްވުރެ ރަނގަޅަށް ލިވަޕޫލުން މެޗުގައި ކުޅެންވާނެ ކަމަށެވެ. މެޗު ފެށުނީސުރެއް ލިވަޕޫލް ކުޅެމުންދިޔައީ ސަދެމްޓަނަށް ފައިދާވާ ގޮތަށްކަމަށާއި މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމުތައް ގޯސްވުން ކަމަށެވެ. ލިވަޕޫލްއާ ދެކޮޅަށް ސައުތުހެމްޓުނުން ވަރަށް ރަނގަޅަށް ކުޅެ ވަރަށް މަސައްކަތް ކުރިކަމަށާއި އެޓީމަށް ލިބުނީ ހައްގު މޮޅެއްކަމަށް ލިވަޕޫލްގެ ކޯޗު ބުންޏެވެ. އޭނާ ބުނީ މެޗުތަކުގައި ލިވަޕޫލުން ލަނޑުޖަހަން ބޭނުންކަމުގައިވާނަމަ ލިބޭ ފުރުސަތުތައް އިތުރުކުރަން ޖެހޭކަމަށެވެ. ހުރިހާ ގޮތަކުން ބަލާއިރު ލިވަޕޫލްގައި ތިބީ މޮޅެތި ކުޅުންތެރިން ކަމަށާއި އެހެންނަމަވެސް ކުޅުންތެރިން ތިބީ މެޗަށް އެހާ ބޮޑަށް ތައްޔާރު ނުވެކަމަށް ކުލޮޕް ބުންޏެވެ. މެޗުގައި ދެ ޕެނެލްޓީ ލިބެން ޖެހޭކަމަށާއި ނަމަވެސް ރެފްރީ ލިވަޕޫލަށް އެ ފުރުސަތު ނުދިނީ ކީއްވެކަމެއް ނޭގޭކަމަށްވެސް ކްލޮޕް ބުންޏެވެ. ލިވަޕޫލް މެޗުން ބަލިވަމުން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށް ކުލޮޕް ބުންޏެވެ.

މެޗުން ލިބުނު މޮޅާއެކު ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި ސަދެމްޓަން ވަނީ ބަލިނުވެ މިހާތަނަށް ލީގުގައި 15 މެޗު ހަމަކޮށްފައެވެ. މިމެޗުން ބަލިވުމާއެކު މި ސީޒަންގައި ލިވަޕޫލް ވަނީ ދެ މެޗުން ބަލިވެ 6 މެޗުން އެއްވަރުވެފައެވެ. މި ނަތީޖާ އެކު ލިވަޕޫލް އެއްވަނައިގަ އޮތީ ދެވަނައިގަވާ މެންޗެސްޓަރ ޔުނައިޓެޑަށް ވުރެ އެއްމެޗު އިތުރަށް ކުޅެގެން 33 ޕޮއިންޓާއެކުގައެވެ. ދެވަނައިގާ ޔުނައިޓެޑު ވެސް ވަނީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިފައެވެ.