ޚަބަރު

ލ ފޮނަދޫ އާއި ގަން މޮނީޓަރިންނަށް


ލ ފޮނަދޫއިން ކޯވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެރަށާއި އެރަށާއި އެއްފަސްވެފައިވާ ރަށްތައް މޮނީޓަރިންގެ ހާލަތައް ގެނެސްފިއެވެ. މިގޮތުން އެ އަތޮޅު ގަންވެސް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.

ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ވިދާޅުވީ ލ ފޮނަދޫން ކޯވިޑަށް ހަތަރު މީހަކު ޕޮޒިޓިްވެފައިވާކަމަށެވެ. މި އެންމެނަކީވެސް ގއ ދެއްވަދޫން އެރަށަށް ދަތުރުކުރި މީހުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މި އެންމެން ކޯވިޑަށް ޕޮޒިޓިވިކަން އެނގުނީ ކޯވިޑްގެ އަލާމާތަކެއް ހުރެގެން އެ ބައްޔަށް ޓެސްޓްކުރުމުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ދެެއްވަދޫން ކޯވިޑް ކޭސްތަކެއް މިދިޔަ މަހުގެ 24 ވަނަދުވަހު ފެނުމުން އެރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ. މި ކޭސްތަކާ ގުޅިގެން ދެއްވަދޫގައި އޮންނަ ކޯވިޑް ޓާސްކް ފޯހުން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އެރަށުން މިހާތަނަށް 10 މީހަކު ކޯވިޑަށް ޕޮޒިޓިވެފައިވާއިރު އޭގެތެރޭގައި 4 މަހުގެ ތުއްތު ކުއްޖަކާއި ހައިރިސްކުގެ މީހުންވެސް ހިމެނެއެވެ. އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ މާލެއިން އެރަށަށް ދިޔަ ބަޔކު ކަރަންޓީނިގެ މުއްދަތު ހަމަވުމުން ނަތީޖާ ނުލެބެނީސް ނުކުތުމުންކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ދެއްވަދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢަށް ބަލި ފެތުރޭ ޙާލަތެއް އޮތްތޯ ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.