އަތޮޅުތައް

ފުވައްމުލަކު ތައުލީމީ މަހާސިންތާ ބާއްވައިފި


ފުވައްމުލަކު ތައުލީމީ މަހާސިންތާ 2015 މިއަދު ބާއްވައިފިއެވެ. ފުވައްމުލަކުގައި މިއަދު ބޭއްވި މަހާސިންތާގައި ފުވައްމުލަކުގެ ސްކޫލްތަކާއި، މުއައްސަޞާތަކުން ބައިވެރިވިއެވެ. އޭގެތެރޭގައި ޓީޗަރުން، ބެލެނިވެރިން، ދަރިވަރުން، ދިރާގާއި، އެސްޓީއޯ، ސިފައިންނާއި، ފުލުހުން، ރޯޑްކޯޕަރޭޝަން ފަދަ މުއައްސަޞާތައް ހިމެނެއެވެ.މިމަހާސިންތާއަކީ 2030 ވަނަ އަހަރު އަންނައިރު ދުނިޔޭގައިވާ އެންމެ އުފާވެރި ތަނަކީ ފުވައްމުލަކުކަމަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑު ލަނޑި ހާޞިލްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބޭއްވި މަހާސިންތާއެކެވެ. މިމަހާސިންތާގައި ބައިވެރިވެލައްވާ ފުވައްމުލަކު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ އެލަނޑު ދަނޑިއަށް ވާޞިލްވުމަށް އެންމެ މުޙިއްމީ ތައުލީމީ ދާއިރާ ރަނގަޅުކޮށް، ތައުލީމީ ޖީލެއް ބިނާކުރުންކަމަށެވެ. އެހެންކަމުން މިމަހާސިންތާއަކީ އެމަގަށް މަސައްކަތްކޮށް ލަނޑު ލަނޑި ހާޞިލްކުރުމަށް ބޭއްވޭ މަހާސިންތާއެއްކަމަށެވެ." އެންމެ މުޙިއްމީ ތައުލީމީ ޖީލެއް ބިނާކުރުން. މިމަހާސިންތާގެ ބޭނުމަކީ ތައުލީމަށް ހުރި ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަތުން، އެކަމަށް ހުރި ހައްލުތައް ހޯދައި ބަލައި ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކުރުން. މަސައްކަތް މިކުރަނީ ވިޝަންއަކާއެކު. އެއީ 2030 ވަނަ އަހަރު އަންނައިރު ދުނިޔޭގައިވާ އެންމެ އުފާވެރިތަނަށް ފުވައްމުލައް ހެދުން." ޕްރިންސިޕަލް ވިދާޅުވިއެވެ.މިމަހާސިންތާ ފެސިލިޓޭޓްކޮށްދެއްވީ ތައުލީމީދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ޑރ.އާމާލް އަލީއެވެ. މިއީ އެއްދުވަހުގެ މަހާސިންތާއެކެވެ. އަތޮޅު ކައުންސިލުން އިސްނަގައިގެން މަހާސިންތާ ކުރިއަށްގެންދިޔައީ ސްކޫލްތަކާއި ގުޅިގެންނެވެ.