ޚަބަރު

ގެއްލިގެން ރިޕޯޓްކުރި މީހާގެ ޚަބަރެއްވެއްޖެ


މާލެއިން ގެއްލިގެން ރޭ ރިޕޯޓްކުރި އަންހެންމީހާއާ ގުޅިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ 20:30 ހާއިރު 21 އަހަރުގެ އަންހެނަކު ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރިކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ފުލުހުން ބެލި ބެލުމުގައި އޭނާ ގެއްލިފައި ނުވާކަމަށާއި، އާއިލާއާ މެދު ހުރި ހިތްހަމަ ނުޖެހުންތަކާ ގުޅިގެން އޭނާ އަމިއްލައަށް ގެއިން ނިކުމެގެން ދިޔައީކަމަށެވެ.

ފުލުހުން ވިދާޅުވީ އެ އަންހެންމީހާއާ ފުލުހުނާ މުޢާމަލާތްކޮށްފައިވާކަމަށާއި އަންހެންމީހާގެ ހާލު ރަނގަޅުކަމަށެވެ. އަދި މިހާރު އޭނާ އުޅެމުންދަނީ އެހެން ތަނެއްގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން އެ އަންހެންމީހާއަކީ ކޮލްޖެއްގައި ކިޔަވަމުން އަންނަ މީހެކެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.