ކުޅިވަރު

ސަސްއިން ބޭނުންވަނީ 3 އަހަރުގެ ތެރޭގައި އެޓީމަށް ކާމިޔާބު ހޯދައިދޭން - މޯހަން


ކޯޗުގެ ސްޓައިލަށް ޓީމު ލައްވައި ކުޅުވަން ވަގުތު ބޭނުންވާކަމަށް މީގެ އެއްދުވަސް ކުރިން ސުޕަރ ޔުނައިޓަޑް ސްޕޯޓްސްއާއި ހަވާލުވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ކުލަބް ވެލެންސިޔާ އާއި ސަސް ވާދަކުރާ މެޗްގެ ކުރިން ވާހަކަދައްކަމުން ސަސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުނީ ކޯޗަށްވެސް ޓީމްގެ ކުޅުންތެރިން ދެނެގަނެ އަދި ކުޅުންތެރިންނަށްވެސް ކޯޗުގެ ސްޓައިލަށް ކުޅެން ވަގުތު ބޭނުންވާނެކަމަށް މޯހަން ބުނެފިއެވެ. ކުރިއަށް މިއޮތް ވެލެންސިޔާ މެޗަށް މާބޮޑު ބަދަލްތަކެއް ޓީމަށް ނުގެންނާނެކަމަށާއި ނަމަވެސް މެޗަށް ކުދިކުދި ބަދަލްތަކެއް ގެންނާނެކަމަށް މޯހަން ބުންޏެވެ. ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ސަސްއާއި ހަވާލުވީއިރު، އެޓީމު އޮތީ ލީގު ތާވަލްގެ 5ވަނައިގައެވެ. ލީގުގައި މިހާތަނަށް 6 މެޗް ކުޅެފައިވާއިރު، ސަސް 1 މެޗުން މޮޅުވެ، 4 މެޗް އެއްވަރުވީއިރު 1 މެޗުން ވަނީ ބަލިވެފައެވެ.

ސަސްގެ ކުރީގެ ކޯޗް އަހުމަދު ނާޝިދު ހޯދާފައިވަނީ ދަށް ނަތީޖާތަކެއް ނޫންކަމަށްވެސް މޯހަން ބުންޏެވެ. 3 އަހަރު ދުވަހުގެ ކޮންޓްރެކްޓަކާއެކު ސަސްއާއި ހަވާލުވި ކޯޗު މޯހަން ބުނީ މިއީ ދުރުރަސްތާ ޕްލޭނަކާއެކު ޓީމުގެ މެނޭޖްމަންޓުން ހަވާލުކޮށްފައިވާ މަސައްކަތެއްކަމަށެވެ.

"ސަސްއާއެކު ނާދު ހޯދާފައިވާ ނަތީޖާތައް ގޯހެއް ނޫން. އަޅުގަނޑު އެއްވެސް ވަރަކަށް ނަތީޖާ ގޯހެއް ނުކުރާނަން. އެމަސައްކަތް ވަރަށް ރަގަނޅޭ ބުނަންޖެހޭނީ. އަނެއް ބައިބައި އިގޭނީ މެނޭޖްމަންޓަށް. އަޅުގަނޑާއި މިހާވާލް ކުރީ ލޯންގް ޓާމް ޕްލޭންކަށް، ލޯންގް ޓާމް ޕްރޮޖެކްޓްއެކޭ އަހަރެން ބުނާނީ. ޓީމުގެ ކަންތައްތަކެއް ބަދަލް ކުރުމާއި ޓީމުގެ ކުޅުން ރީތި ކުރުމާއި ކުޅުން ރަގަނޅު ކުރުން. މިކަހަލަ ކަންތައްތަކެއް އަޅުގަނޑާއި މެނޭޖްމަންޓުން ޙަވާލުކޮށްފައި އޮތީ. ޓީމު ރީޗަށް ބޯޅަ ކުޅުން އެއީ ސަސްއިން ވަރަށް ބޭނުންވާނެކަމެއްކަމަށް. އެހެންވީމަ އެރީތި ބޯޅަ ކުޅުވޭތޯ ބެލުމާއި އެއާއިއެކީގަ ނަތީޖާ ހޯދުން. ނަތީޖާއެއް ނޫނޭ އެންމެ ފުރަތަމަ ކަމަކީ. އެމީހުންގެ އެންމެ ބޮޑު ހިންހަޖެހުމަކަށްވާނީ ބޯޅަ ކުޅެގެން ނަތީޖާ ނެރޭތަން ބަލަން. އެއަށް ފޯކަސްކޮށްގެން ދިގު މުއްދަތަކަށް އެކަން ކުރުން މީގެ ބޭނުމަކީ. 3 އަހަރުގެ ތެރޭގައި ސަސްއަށް ކާމިޔާބީއެއް ހޯދައިދިނުން. މުސްތަގްބަލްގައި ބަދަލްތަކެއްވެސް ޓީމަށް އަންނާނެ." ސަސްގެ ކޯޗް މޯހަން ބުންޏެވެ.

މޯހަންބުނީ ސަސްގެ މެނޭޖްމަންޓުން ބޭނުންވަނީ މިއަހަރުގެ ލީގް ނިމޭއިރު ޓިމް ގަދަ ހައެއްގައި އޮތުންކަމަށް މެނޭޖްމަންޓްއިން ބުނެފައިވާކަމަށެވެ.

ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތި)ބުނީ ވެލެންސިޔާ ކޮންމެ މެޗަކަށްވެސް ނިކުންނާނީ 3 ޕޮއިންޓަކަށްކަމަށެވެ. އަދި ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ)އަށް އަނިޔާވެފައިވުމުން، މިމެޗްގައި ދަގަނޑޭ ކުޅޭނެކަން އަދި ޔަގީންނުވާކަމަށްވެސް އާތި ބުންޏެވެ. ކުލަބް ވެލެންސިޔާ މިމެޗާއި ކުރިމަތިލާއިރު ލީގް ތާވަލްގައި އެޓީމ އޮތީ 2 ވަނާގާއިއެވެ. ކުލަބު ވެލެންސިއާ މިހާތަނަށް 6 މެޗު ކުޅެފައިވާއިރު، 3 މެޗުން މޮޅުވެ، 2 މެޗުން އެއްވަރުވެ އަދި 1 މެޗުންވަނީ ބަލިވެފައެވެ.

"ވެލެންސިޔާ މިތައްޔާރުވަނީ މީގެ ކުރިން ސަސް ކުޅެފައިހުރި މެޗުތަކަށް ބަލައިގެން ސަސްއާއި އިދިކޮޅަށް ކުޅެން. މިމެޗަށް ނިކުންނައިރު ވެލެންސިޔާއަށް މާބޮޑު ޕްރެޝަރެއް ނެތް. މިދިޔަ މެޗްގައި އަޝްފާގަށް އަނިޔާވުމާއި ގުޅިގެން ފުރަތަމަ 11އަށް ކުދިކުދި ބަދަލްތަކެއް ނެގައިން، ކުޅުމަށްވެސް ބަދަލްތަކެއް ގެނައިން. އެހެންވީމަ މިމެޗަށްވެސް ބަދަލްތަކެއް ޓީމަށް އަންނާނެ. އެމެޗުގައި ކުރި ބަދަލްތައް އެހާ ރަގަނޅު ނޫންކަމަށް ފެނިގެންދިޔައީ. އެހެންވީމަ މިމެޗްގައިވެސް ޓެކްޓިކަލީ ބަދަލްތަކެއް ގެންނާނަން. ވިނިންގް 11 ބަދަލްކުރާނީ އަނިޔާގެ މައްސަލަތައް ކުރިމަތިވީމަ. މިއުއްމީދު މިކުރަނީ ސަސް މެޗަށް އަރުވާ ފުރަތަމަ 11 ރަގަނޅަށް ކުޅޭނެކަމަށް." ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.