ޚަބަރު

ކޯވިޑް-19 : މިއަހަރުގެ މީހާތަނަށް ނިޔާވި މީހުންގެ ޢަދަދު 5އަށް


ރާއްޖެއިން އަނެއްކާވެސް ކޯވިޑް-19ގައި މީހަކު ނިޔާވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 53ވަނަ މީހާއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ބުރީގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ މިމީހާއަކީ ޢުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން ވިދާޅުވީ މިމީހާ ނިޔާވެފައިވަނީ މިައދު 15:42 ހާއިރުކަމަށެވެ. މިއީ މިއހަރު ފެށުނުފަހުން މިބަލީގަިއ ރާއްޖެއިން ނިޔާވި 5ވަނަ މީހާއެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައިވަނީ މިދިޔަ މިމަހުގެ 31ވަނަ ދުވަހުގައެވެ. އެއީ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވެފައިވަނީ 44 ދިވެހިންނާއި 8 ބިދޭސީންނެވެ. ރާއްޖެއިން ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 16000އިން މައްޗަށް އަރާފައެވެ. މިވަގުތު 100 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދެއެވެ. .